ހަބަރު

އައްޑޫ މީދުން ގެއްލިގެން ހޯދި އަންހެން މީހާ ފެނިއްޖެ

އައްޑޫ ސިޓީ މީދޫން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ރޭ ފެނިއްޖެ އެވެ.

ފުލުހުން ރޭ ބުނީ މީދޫން އުމުރުން 52 އަހަރުގެ އަންހެނަކު އިއްޔެ ހެނދުނު ގެއިން ނުކުމެގެން ދިޔަ ގޮތަށް އޭނާގެ ހަބަރެއް ނުވާތީ ރޭ 7:40 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ އެ އަންހެން މީހާ ގެއްލުނު ކަމަށް ފުލުހަށް ރިޕޯޓް ކޮށް އެ ވާހަކަ ނޫސްތަކުގައި ޝާއިއު ކުރިތާ މާ ގިނައިރު ނުވަނީސް އޭނާ ފެނިފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ތަފުސީލެއް ނުދެ އެވެ.