ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޕީއެސްއައިޕީ

ޕީއެސްއައިޕީ އަށް ކުރި ހޭދަ އިތުރު ވެއްޖެ

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހޭދަ، މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މިހާތަނަށް ތަރައްގީގެ މަސައްކަތްތަކަށް 1.6 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަ ކޮށްފައި ވަނީ 1.4 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ އަށް ހަރަދު ކުރަން ބަޖެޓުގައި ހިމަނާފައި ވަނީ 10.5 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަައް ދައްކާ ގޮތުގައި މި އަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ގޮތުގައި ތިން ބިލިއަން ރުފިޔާގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެ އެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ބޮޑު ބަޔަކީ ރަށްރަށުގައި ހިންގާ ބަނދަރު ހެދުމުގެ މަސައްކަތް ތަކެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެތީ، ސަރުކާރުން ވަނީ ޕީއެސްއައިޕީގެ އާ މަޝްރޫއުތައް ކުރިއަށް ނުގެންދަން ނިންމާފަ އެވެ.