ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޕީއެސްއައިޕީ

ޕީއެސްއައިޕީގެ ހަރަދު ކުއްލިއަކަށް ހަތަރު ބިލިއަނަށް

Dec 24, 2020
ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: އެމްޓީސީސީ
0%
0%
0%

އަހަރު ނިމިގެން ހަފުތާއަކަށް ވެފައިވާއިރު، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއައެސްއައިޕީ) މަޝްރޫއުތައް ކުއްލި ގޮތަކަށް ހަތަރު ބިލިއަން ރުފިޔާއަށް ވުރެ މަތިވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ތަރައްގީގެ މަޝްރޫއުތައް ކަމަށްވާ ޕީއެސްއައިޕީ އަށް ހަރަދު ކޮށްފައި ވަނީ ހަތަރު ބިލިއަން ރުފިޔާ އެވެ. މި އަދަދު މިދިޔަ މަހު ވެސް ހުރީ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގަ އެވެ.

ޕީއެސްއައިޕީގެ ހޭދައަށް އައި މި ބޮޑު ކުރިއެރުމާއެކު މިދިޔަ އަހަރުގެ މި މުއްދަތާ ގާތްގަނޑަކަށް އެއް ވަރަކަށް ޕީއެސްއައިޕީގެ ހޭދަ މިވަނީ މަތިވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތު އައިއިރު ޕީއެސްއައިޕީއަށް ކުރި ހޭދަ ހުރީ 4.1 ބިލިއަން ރުފިޔާގަ އެވެ.

މި އަހަރުގެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫއު ތަކަށް ހޭދަ ކުރުމަށް ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 10.4 ބިލިއަން ރުފިޔާ އެވެ.

ސަރުކާރުން ވަނީ ކޮވިޑް-19 ގެ ސަބަބުން ހަރަދު ކުޑަ ކުރުމުގެ ގޮތުން ބައެއް ޕީއެސްއައިޕީ މަޝްރޫއުތައް މަޑު ޖައްސާލާފަ އެވެ. ނަމަވެސް މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތަކެއް ކުރިއެބަ ގެންދެ އެވެ. ސަރުކާރުން މިފަދަ މަޝްރޫއުތައް އެންމެ ގިނައިން ހިންގާ ކުންފުންޏަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމެޕެނީ (އެމްޓީސީސީ) އެވެ. އެ ކުންފުނިން މިހާރު ވެސް އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއު މުޅި ރާއްޖޭގައި ކުރިއަށް އެބަ ގެންދެ އެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ބަނދަރު ހެދުމުގެ ގިނަ މަސައްކަތްތަކެއް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345