ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަނިމާދޫ

ހަނިމާދޫ ބަނދަރު ބޮޑު ކުރަން ފަށައިފި

Jun 6, 2020
2
ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ
0%
0%
0%

ހދ. ހަނިމާދޫގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިދިޔަ މަހު ފެށި އެ މަސައްކަތަށް ބޭނުންވާ ސާމާނު، ކޮވިޑް-19 އިގެ ސަބަބުން އެ ރަށަށް ގެންދަން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ހަނިމާދޫގެ މި މަޝްރޫއުގައި 53،523 ކިއުބިކް މީޓަރު ހިއްކާ، 270 މީޓަރުގެ ބޭރު ތޮއްޓެއްލާނެ އެވެ. އަދި 90 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއެކު 50 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ އެވެ.

އަދި 1000 އަކަ މީޓަރުގެ ސަރަހައްދުގައި ތާރު އެޅުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާ މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ 10 މަސް ދުވަސްތެރޭ ނިންމާ ހަވާލު ކުރަން 57.1 މިލިއަން ރުފިޔާއަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345