ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ހިދުމަތް ދޭން ފަށައިފި

ހުޅުމާލޭގައި ގާއިމް ކުރި މެޑިކަލް ފެސިލިޓީގެ ހިދުމަތް ފަށައިފި އެވެ.

އައިޖީއެމްއެޗް އިން އިއްޔެ ބުނީ ކޮވިޑް-19 އަށް ފަރުވާ ދޭން ހުޅުމާލޭގައި ގާއިމް ކުރި ފެސިލިޓީއަށް ފުރަތަމަ ފަހަރަށް މީހަކު ބަދަލުކޮށް އެތަނުގައި ފަރުވާ ދިނުމުގެ ހިދުމަތްތައް ފަށާފައިވާ ކަމަށެވެ.

ހޮސްޕިޓަލުން ކުރި ޓުވީޓްގައި ބުނީ މެޑިކަލް ފެސިލިޓީއަށް އިއްޔެ ބަދަލުކުރީ ޓްރީ ޓޮޕް ހޮސްޕިިޓަލުން އެތަނުގައި ފަރުވާ ދެމުން އައި މީހެއް ކަމަށެވެ. ފަރުވާދޭން ގެންދިޔަ ބަލިމީހާ އާ ބެހޭ އިތުރު މައުލޫމާތެއް ހާމަ އެއް ނުކުރެ އެވެ.

މެޑިކަލް ފެސިލިޓީ މި ބޭނުންކުރަން ފެށުނީ އެތައް ދުވަހެއްގެ މަސައްކަތުންނެވެ. އެތަނުގެ މަސައްކަތް މީގެ މަސްތަކެއް ކުރިން ވަނީ ފަށާފައެވެ. އަދި ނިންމާ ހިދުމަތް ދިނުމަށް ގިނަ ތާރީހުތަކެއް ކަނޑައެޅިއެވެ.

ހުޅުމާލޭގެ ޓްރީޓޮޕް ކުރިމަތިން އޮންނަ ހުސް ބިމުގައި ހެދި 300 އެނދުގެ މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމާ ތަން ހިންގުން ހަވާލުކޮށްފައިވަނީ އައިޖީއެމްއެޗް އާއެވެ. ފެސިލިޓީ ނިންމަން މަސައްކަތް ފުރަތަމަ ފެށީ އޭޕްރީލް މަހުގެ މެދުތެރެ އަށެވެ. ނަމަވެސް، އެ ތާނގައި މަސައްކަތް ކުރަން އުޅުނު އުޅުނު ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ މަސައްކަތް މެދުކަނޑާލި އެވެ.

ސަރުކާރުން 40 މިލިއަން ރުފިޔާ ހޭދަކުރި މި ފެސިލިޓީއަށް ގެންދަނީ ޕޮސިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނެވެ. ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހޭ މީހުން ގެންދަަނީ ކޮވިޑް ސެންޓަރެއްގެ ގޮތުގައި ނިންމާފައިވާ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގައި މިހާރު ވެސް ކޮވިޑް-19 ޖެހިފައިވާ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި ކޮވިޑް އަށް ޕޮސިޓިވްވި އަދަދުތައް ވަނީ 1900 އަށް ވުރެ ގިނަ ވެފަ އެވެ. މި ބަލީގައ އަށް މީހަކު މަރުވެފައިވާއިރު 827 މީހަކު ވަނީ ރަނގަޅުވެފަ އެވެ.