ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެސްޓީއޯ

މާސްކްގައި އެސްޓީއޯގެ ލޯގޯ ނުޖަހަން އަންގައިފި

Jun 8, 2020

ވިޔަފާރީގެ ބޭނުމަށް ވިއްކަމުންދާ ފޮތި މާސްކުގައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ލޯގޯ ޖަހަމުން ދާތީ އެކަން ނުކުރަން އެ ކުންފުނިން އަންގައިފި އެވެ.

އެސްޓީއޯއިން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބައެއް ފަރާތްތަކުން ވިޔަފާރީގެ ބޭނުމަށް ވިއްކަމުންދާ ފޮތި މާސްކުގައި އެ ކުންފުނީގެ ނަން ޖަހައިގެން ވިއްކާން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"... މިކަމަކީ މި ކުންފުނީގެ ހުއްދަ ލިބިގެން ކުރަމުންދާ ކަމަކަށް ނުވާތީ، ކުންފުނީގެ ލޯގޯ ޖެހި މާސްކް ތައްޔާރުކޮށް ވިއްކުން ހުއްޓާލުމަށް މިިކަން ކުރަމުންދާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން. އަދި މި ކުންފުނީގެ ހުއްދަ ނެތި މިފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވަން."

ކޮވިޑުން ރައްކާތެރިވުމަށް މާސްކް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމުން މާސްކްގެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފައެވެ.

މާލެއާއި އަތޮޅުތެރޭގައި ވެސް ގިނަ ބަަޔަކު މާސްކް ފަހައިގެން ވިއްކަ އެވެ.