ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރީޖަނަލް ފެސިލިޓީތައް ފުރިހަމަކޮށްފި

ކޮވިޑަށް ފަރުވާ ދޭން އަތޮޅުތަކުގެ ތެރޭގައި ގާއިމް ކޮށްފައިހުރި ރީޖިނަލް މެޑިކަލް ފެސިލިޓީތަކުގައި އެކަމަށް ބޭނުންވާނެ ސާމާނު ހަމަކޮށް ތަކެތި އިންސްޓޯލް ކޮށްފި އެވެ.

މެޑިކަލް ފެސިލިޓީތަކަށް ބޭނުންވާ ސިއްހީ ސާމާނު ހަމަކޮށް ބަހައްޓައި ދިނީ އެސްޓީއޯ އިންނެވެ.

އެސްޓީއޯ އިން ބުނީ ކޮވިޑް-19 އަށް ފަރުވާ ދޭން އެކި ރަށްރަށުގައި ގާއިމު ކުރި ކޮވިޑް ފެސިލިޓީތަކަށް ބޭނުންވާ ހުރިހާ ސިއްހީ އާލާތްތައް ހަމަކޮށް ހަރުކޮށް ނިމިފައިވާ ކަމަށާއި މިއީ ކޮވިޑުން ސަލާމަތްވުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތްތަކަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ކޮވިޑް އާ ގުޅިގެން، މާލެ ސިޓީގެ ހުޅުމާލެ އާއި އައްޑޫ އަދި ފުވައްމުލަކުގައި ވަނީ މެޑިކަލް ފެސިލިޓީ ގާއިމްކޮށްފަ އެވެ. މީގެ އިތުރުން، ލ. ގަމާއި ގއ. ވިލިގިއްޔާއި ބ. އޭދަފުއްޓާއި ށ. ފުނަދޫ އަދި ހއ. އިހަވަންދޫގައި ވެސް ވަނީ މެޑިކަލް ފެސިލިޓީއެއް ހަދާފަ އެވެ. އަތޮޅުތަކުގައި ހެދި އެފަދަ ގިނަ ފެސިލިޓީތަކުން މިހާރު ހިދުމަތް ދެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދާއިރު އިރު، އަތޮޅުތަކުގެ އެކި ހިސާބުތަކުން މި ބަލި ދަނީ ފެންނަމުންނެވެ. މިހާތަނަށް މި ބަލި ވަނީ އައްޑޫސިޓީގެ ފޭދޫ އާއި ހިތަދޫ، ފުވައްމުލަކު ސިޓީ އާއި ބ. އަތޮޅުގެ ބައެއް ރަށްތަކާއި ހއ. އާއި ހދ. އަދި ވ. އަތޮޅާއި ރ. އަތޮޅުން ވެސް ފެނިފަ އެވެ. އަދި ބައެއް ރިސޯޓުތަކުން ވެސް ވަނީ މި ބަލި އަލުން ފެނިފަ އެވެ.