ހަބަރު

މިޔަރު ހިފުން ހުއްދަ ކުރަން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު -- ފޮޓޯ: މަޖިލީސް
0%
0%
0%

ރާއްޖޭގައި ލޭނު އަޅައިގެން މިޔަރު މަސް ހިފުމުގެ މަސްވެރިކަން ކުރުމުގެ ހުއްދަ އަލުން ދިނުމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

ޖާބިރުގެ ގަރާރު ތަޅުމަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. އެ ގަރާރު ތަޅުމަށް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 53 މެންބަރުންނެވެ. އެހެންކަމުން އެ ގަރާރު ތަޅުމަށް ބަލައިނުގަނެ ވަނީ ބޭރުކޮށްލައިފަ އެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ނޫ އިގްތިސާދުގެ ނަފާ ލިބިދިނުމުގެ ގޮތުން ވަކި ގަވާއިދެއް ހަދައި އެ ގަވާއިދުގެ ދަށުން މިޔަރު ހިފުމުގެ މަސްވެރިކަމުގެ ހުއްދަ ވެސް ދިވެހި މަސްވެރިންނަށް ދިނުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން ބޭރުގެ ކަނޑުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ބައެއް މިޔަރުތަކުގެ ފަރާތުން ދިވެހި މަސްވެރިންނަށް އެކި އަނިޔާ ލިބެމުންދާތީ އެ ކަން ދިރާސާ ކުރަން ވެސް ޖާބިރުގެ ގަރާރުގައި ގޮވާލާފައިވެ އެވެ.

ޖާބިރު ހުށަހެޅި މި ގަރާރު ތަޅުމުން ބޭރުކޮށްލިއިރު، މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނަ ގަރާރު ވެއްދި މެންބަރަކަށް ޖާބިރު ވާނެ އެވެ. ނަމަވެސް މިހާތަނަށް ވެސް ޖާބިރު ހުށަހެޅި އެންމެ ގަރާރެއް ވެސް ބަލައިގަންނަން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްވެފައެއް ނުވެ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އުދަމުދި

މުޅިދުނިޔޭގަ ހުރިހާ ގައުމުތަކެއް ކަހަލަގޮތަކައް މިޔަރުގެ މަސްވެރިކަން ކުރަމުން ފައިސާހޯދަމުން އެދަނީ ވާގޮތަކީ ބޭނުންވަނީ ރައްޔިތުން އަޅުވެތި ކުރަން ނަންވާނީ ފިރުއައުނު މިޔަރުގެ މަސް ވެރިކަން ކުރާމީހުން ހޯދާ ރުފިޔާ ގިނަވީމަ އެކަން މަނާކުރީ ވެރިންގެމުސާރަޔައް ވުރެ ގިނަ ރުފިޔާނަގާތީ މިއިރު ލަދުގަތަސް ނުގަތަސް ވެރިން މިހާރު މުސާރަ އެނަގަނީ ޖީއެސްޓީގެ ނަމުގައި ނަގާ 6% ޖިޒީގެ ރުފިޔާއިން މިޖިޒީދައްކަން މިޖެހުނީ ކިހިނެއް ވެގެން ކަމެއްނޭންގުނު ވަރިންގެ އަޅުންނައް ރައޔަތުން ވީގޮތެއް ނޭންގުނު މީ އެބުނާ ހުލަނގުގެ މޮޅު ޑިމޮކްރަސީ ރައްޔިތުން އަޅުވެތޔި ކޮއް ޖިޒީ ނަގައިގެން އެފައިސާއިން ވެރިންއަރާމުގައި ރައްޔަތުން ގަނަތެޅެނީ އެމެރީކާ އެއީ އެންމެ މަގުމަތީ އާބާދީ ގިނަ ގައުމު

ބޭގަރާރް!

ބޭގަރާރް ކަރްކެ ހަމޭ ޔޫނ ނަޖާއިޔޭ!

ބޭނުން

ވަކިޤަވާޢިދުތަކެއްގެދަށުން އެކިސަރަޙައްދުގައި އެކިދުވަސްވަރު މިޔަރުގެމަސްވެރިކަން ކުރެވޭގޮތް ހަދަންއެބަޖެހެއެވެ. މުޅިރާއްޖޭގައި މިޔަރުގިނަވެފައިވާމިންވަރުން ކާލާނެމަހެއްބާނަންދާމީހާއަށްވެސް މަހެއްލިބިދާނެކަމުގެ ޔަޤީންކަމެއްނޯންނާނެއެވެ. 50 އެތި ގަތްކަމުގައިވެހެވެ. އެހާވެސް މިޔަރުގިނައެވެ. މަޖިލީހުގެ ކަމާބެހޭކޮމެޓީގެމެންބަރުންނ ރައްޔިތުންގެމާލިއްޔަތުން ޚަރަދުކޮށްގެންނަމަވެސް އެކިދުވަސްވަރު އެކިހިސާބަށްގޮސް ކަމުގެޙަޤީޤަތް އޮޅުންފިލުވައި ބަލާބަލާށެވެ.

ޖާބެރު

މިޔަރު ހިފައިގެން ރާއްޖެތެރޭ ނިކަމެއްޗެކަށް ފައިސާ ފޮއްޗެއް ލިބިދާނެއްނުން. ނިކަން ކެރެންޏާ ކުޓެރި ކުލި ކުޑަކޮއްބަލަ. އެހެންނާ ސައިކަލު އެތެރެކުރެވޭ އަދަދު ލިމިޓު ކޮއްބަލަަ. ނުކެރޭނެ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910