ހަބަރު

މަސްވެރިންނަށް ވަގުތުން ފައިސާ ނުލިބޭތީ ކުއްލި މައްސަލައެއް

Aug 15, 2020
1
މިދިއަ އަހަރުގެ ޖުލައި މަހު މަސްވެރިންނާއެކު ގދ. ތިނަދޫގައި ބޭއްވި ޖަޒީރާ ހޮޅުއަށި -- ފޮޓޯ: ރައީސް އޮފީސް
0%
0%
100%

މަސްވެރިން ބަނާ މަސް ކިރުވުމަށް ފަހު ވަގުތުން ފައިސާ ނުލިބޭތީ، އެކަމާ ގުޅޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ނިންމަވާފައި ވާކަމަށް އެ ޕާޓީން ބުނެފި އެވެ.

ޑީއާރްޕީން ބުނީ މަސްވެރިން ބަނާ މަސް ކިރުމަށްފަހު ދުވަހުން ދުވަހަށް ފައިސާ ނުދޭތީ އެ މީހުންގެ އާއިލާތައް ބިކަވަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހެޅުމުގެ އިތުރުން، ކަމާބެހޭ މިނިސްޓަރުންނާ ސުވާލުކުރަން ޖާބިރު ނިންމަވާފައިވާކަމަށް ވެސް ޑީއާރުޕީން ބުންޏެވެ.

އޭގެ އިތުރުން، މާދަމާ މަޖިލީހުގެ ޖަލްސާ ރާއްޖޭގެ ހުރިހާ މަސްވެރިން ބެލުމަށް ވެސް ޖާބިރުގެ ފަރާތުން ދައުވަތުދީފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގގ

ސާބަހޭ ޖާބިރު މަގޭ މެމްބަރު ތިޔަކުރާ މަސައްކަތަށް ސާބަސް!

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910