ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލޮކްޑައުން އިން ތިން މިލިއަން ފުރާނަ ސަލާމަތްވި: ދިރާސާ

Jun 9, 2020
އެ ދިރާސާގައި، ޔޫރަޕުގެ 11 ގައުމެއްގެ ތަފާސް ހިސާބުތައް ވަނީ ބޭނުންކޮށްފައި -- ފޮޓޯ: އީޕީއޭ
0%
0%
0%

ކޮވިޑް-19 އާ ގުޅިގެން އެޅި ހަރުކަށި ލޮކްޑައުންގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕުގެ 11 ގައުމަކުން ތިން މިލިއަނަށްވުރެ ގިނަ ފުރާނަ ސަލާމަތް ކުރެވިފައިވާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރަށް ލަފާ އަރުވާ، ލަންޑަނުގެ އިމްޕީރިއަލް ކޮލެޖުން ހެދި އާ ދިރާސާއެއްގައި ބުނެފައި ވަނީ، ލޮކްޑައުން ކުރުމުގެ ސަބަބުން މުޖުތަމައުތަކުގެ ތެރޭގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ލިބިގެން ދިޔަ ކަމަށެވެ.

އެގޮތުން ޖަރުމަނާއި ފްރާންސާއި އިޓަލީ އާއި ޔޫކޭ އާއި ސްޕެއިނާއި ބެލްޖިއަމާއި އޮސްޓްރިއާ އާއި ޑެންމާކް އާއި ނޯވޭ އާއި ސްވީޑަން އަދި ސްވިޓްޒަލަންޑުގައި ބައްޔާ ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން 3.1 މިލިއަނަށް ވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށެވެ.

ރަސްމީ ތަފާސް ހިސާބުތަކުގެ އަލީގައި، އެ ފިޔަވަޅުތައް ނޭޅިނަމަ، އެ ގައުމުތަކުގައި މަރުގެ އަދަދު ހުންނާނެ ކަމުގެ އަންދާޒާއެއް އެ ދިރާސާގައި ވަނީ ހިމަނާފަ އެވެ.

އެގޮތުން، ފިޔަވަޅުތައް ނެތި އެކަކުގެ ގައިން އެހެން މީހުނަށް ބަލި ފެތުރޭ ނިސްބަތް، 82 ޕަސަންޓުން އެއް ޕަސަންޓަށް ވުރެ ކުޑަކުރެވިފައިވާ ކަމަށް އެ ދިރާސާގައި ވަނީ ފާހަގަ ކޮށްފައި ވެއެވެ.

އަދި ލޮކްޑައުން ނެތި، މިދިއަ މަހުގެ ކުރީ ކޮޅާ ހަމައަށް 12 އާއި 15 މިލިއަނާ ދެމެދުގެ މީހުނަށް އެ ބަލި ޖެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345