ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދިގު މަޝްވަރާތަކަށްފަހު އީޔޫން ކޮވިޑު ޕެކެޖުގެ އެއްބަސްވުމަކަށް

Jul 21, 2020

ބްރަސަލްސް (ޖުލައި 21) - ހަތަރު ދުވަހަށް ދިގު ދެމިންގެންދިއަ މަޝްވަރާތަކަށްފަހު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ލީޑަރުންގެ މެދުގައި ކޮވިޑް-19 އިގެ ރިކަވަރީ ޕެކޭޖާމެދު އެންމެ ފަހުން އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.

އެގޮތުން، އީޔޫގެ 27 މެމްބަރު ގައުމުތަކުން ކޮވިޑް-19 އިގެ އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް، ލޯނާއި ހިލޭ އެހީގެ ގޮތުގައި 859 ބިލިއަން ޑޮލަރުގެ ރިކަވަރީ ޕެކޭޖަކަށް ވަނީ އެއްބަސްވެފަ އެވެ.

މަޝްވަރާތައް ދިގުލައިގެން ގޮސްފައިވަނީ، ކޮވިޑް-19 އިގެ ސަބަބުން އިގުތިސޯދީ ހާލަތު އެންމެ ގޯސްވެފައިވާ ގައުމުތަކާއި، ދަރަންޏާ ގުޅިގެން ކަންބޮޑުވުންތައް ފާޅުކުރި ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ.

މި ތާރީހީ އެއްބަސްވުމުގެ ދަށުން، ކޮވިޑް-19 އިގެ ސަބަބުން އިގުތިސޯދީ ހާލަތު އެންމެ ގޯސްވެފައިވާ ގައުމުތަކަށް ގްރާންޓުގެ ގޮތުގައި 390 ބިލިއަން ޔޫރޯ ކަނޑައަޅާފައިވާއިރު، 360 ބިލިއަން ޔޫރޯ ކަނޑައަޅާފައިވަނީ ކުޑަ އިންޓަރެސްޓު ރޭޓެއްގައި މެމްބަރު ގައުމުތަކަށް ލޯނު ދޫކުރުމަށެވެ.

ގްރާންޓުގެ އެންމެ ބޮޑު ބައެއް ދޫކުރާނީ ސްޕެއިންގެ އިތުރުން އިޓަލީއަށް ކަމަށް ބެލެވެ އެވެ.