ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޒާރުގައި ހިމެނުުމުން ސްވީޑަންގެ ހިތްހަމަނުޖެހިފައި

Jun 27, 2020
1

ސްޓޮކްހޯމް (ޖޫން 27) - ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ޔޫރަޕުގައި އަނެއްކާ ވެސް ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ލިސްޓުގައި ސްވީޑަން ހިމެނުމުން އެ ގައުމުން ހިތްހަމަ ނުޖެހިއްޖެ އެވެ.

މިދިއަ ބުރާސްފަތި ދުވަހު ޑަބްލިޔުއެޗްއޯ އިން ބުނީ ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި އަނެއްކާ ވެސް ކޮވިޑް-19 އިގެ ކޭސްތައް އިތުރުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން، ޔޫރަޕު ބައްރުގެ ލިސްޓުގެ 11 ގައުމުގެ ތެރޭގައި ސްވިޑްން ވެސް ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، ސްވިޑްންގެ އިސް އެޕިޑެމޮލޮޖިސްޓް ޑރ. އެންޑާސް ޓެގްނެލް ވިދާޅުވި ގޮތުގައި، އެ ގައުމުގެ ތަފާސް ހިސާބުތަކަށް ޑަބްލިޔުއެޗްއޯއިން ރިއާއަތްކޮށްފައި ވަނީ މުޅިން ގޯސްކޮށެވެ.

އެގޮތުން، ސްވިޑެންގައި މި ފަހުން ކޭސްތައް އިތުރުވެފައި ވަނީ ޓެސްޓުކުރާ މިންވަރު އިތުރު ކުރުމުން ކަމަށް ޓެގްނެލް ވިދާޅުވެފައިވެ އެވެ.

އޭގެ ރައްދުގައި ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި، ޓެސްޓުކުރާ މިންވަރު އިތުރު ކުރި ނަމަވެސް، އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ހުރީ 12 އާއި 13 ޕަސަންޓާ ދެމެދުގަ އެވެ. އެއާއެކު ސްވީޑަންގައި އަދިވެސް ކޮމިޔުނިޓީ ޓްރާންސްމިޝަނެއް އުޅޭކަން ފާހަގަކުރެވިފައިވާކަމަށް ވެސް އެ ޖަމިއްޔާގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފަ އެވެ.

ޑަބްލިޔުއެޗްއޯގެ ހިސާބުތައް ބުނާ ގޮތުގައި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެންބަރު ގައުމެއް ކަމަށްވާ ސްވިޑެންގައި، ފާއިތުވި 14 ދުވަހުގެ ތެރޭގައި ކޮންމެ 100،000 މީހުންގެ ތެރެއިން 155 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި އެ އަދަދަކީ އާމީނިއާ ފިޔަވައި، އެ ސަރަހައްދުތަކުގެ އެހެން ގައުމުތަކަށް ވުރެ މަތީ އަދަދެއް ކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

އަދި ސްވީޑަންއާއެކު ލިސްޓުގައި ހިމެނި އެހެން ގައުމުތަކުން އިތުރަށް ސަމާލު ނުވެއްޖެނަމަ، ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި އަނެއްކާވެސް ފެތުރިގެން ހިނގައިދާނެ ކަމަށް ޑަބްލިޔުއެޗްއޯއިން އިތުރަށް ބުނެފައިވެ އެވެ.

ޔޫރަޕުގެ އެހެން ގައުމުތަކާ ހިލާފަށް، ބައްޔާ ދެކޮޅަށް ސްވީޑަންއިން ފިޔަވަޅުތައް އެޅީ މުޅީން ތަފާތު ކޮށެވެ. އެގޮތުން، ސްވީޑަން ލޮކްޑައުން ކޮށްފައި ނުވާއިރު، ކެފޭތަކާއި ސްކޫލްތައް ބަންދު ނުކޮށް، ގައިދުރު ކުރުމުގެ އުސޫލުތައް ތަންފީޒު ކުރުން ލާޒިމުކުރި އެވެ.

ސްވީޑަންގެ ގާތްގަނޑަކަށް 10 މިލިއަން މީހުންގެ އާބާދީގެ ތެރެއިން، ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 5،230 މީހުނެވެ.