ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަލީ ވަހީދު

ވީޑިއޯއަށް ހަރަދުވީ 3،000 ރުފިޔާ: އަލީ ވަހީދު

ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަަހު، އަންނަ ޖުލައި މަހު އަލުން ހުޅުވާލައި ފަތުރުވެރިން ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރު ކުރި އިސްތިހާރު ވީޑިއޯއަށް ހަރަަދުވީ 3،000 ރުފިޔާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

"ދަ ސަން ވިލް ޝައިން އަަގެއިން" ގެ ނަމުގައި ސޯޝަލް މީޑިއާގައި ލައިވްކޮށް ހިންގި ކެމްްޕޭން ފެށީ ކުރު އިސްތިހާރު ވީޑިއޯ އަކުންނެވެ. ރާއްޖޭގައި ޓޫރިޒަމްް ފެށިގެން އައި ގޮތް މިނިސްޓަރު އަލީ ވަހީދު އިސްތިހާރު ކުޅުއްވައި ވިދާޅުވެ ދެއްވީ ފިނޮޅެއްގައި އިންނަވައިގެނެވެ. އެވެ.

އެ ވީޑިއޯ ރިލީޒް ކުރުމާއެކު ގިނަ ބަޔެއްގެ ފާޑު ކިޔުން ވީޑިއޯ އަށް އަމާޒުވި އެވެ. އަދި ވީޑިިއޯ ހަދަން ހަރަދުވީ ކިހާވަރެއްތޯ ސުވާލު ކުރި އެވެ.

ޓޫރިޒަމް މިނިސްޓަރު މިއަދު ޓްވީޓެއް ކުރައްވާ ވިދާޅުވީ، އޭނާ ކުޅުއްވި އިސްތިހާރު ވީޑިއޯއަކީ އެ މިނިސްޓްރީގެ ސްޓާފުންގެ ބުރަ މަސައްކަތް ކަމަށާއި އެކަމަށް 3،000 ހަރަދު ކުރީ މިއުޒިކް ކޮމްޕޯސަރަށް ދޭން ކަމަށެވެ.

"ކެމެރާ މަސައްކަތާއި ޕްރޮޑަކްޝަން އަކީ މިނިސްޓްރީގެ ސްޓާފުންގެ ބުރަ މަސައްކަތް. މުޅި އިސްތިހާރުގެ ޖުމްލަ އަގަކީ، 3،000 ނޫނީ 194 ޑޮލަރު. ވީ ކެއާ!" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މިނިސްޓްރީތަކުން ޕްރޮމޯޝަނަލް ވީޑިއޯތައް ބޮޑު އަގުގައި އައުޓްސޯސް ކޮށްގެން އުފައްދާ ކަމުގެ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިިވެފަ އެވެ. އަދި ކޮވިޑް-19 ފަދަ ބަލިމަޑު ކަމެއްގެ ތެރޭގައި ސަރުކާރުން ހަރަދު ކުޑަ ކުރަން ނިންމާފައިވާ ދުވަސްވަރެއްގައި މިފަދަ ވީޑިއޯ އެއް ނެރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

"މޯލްޑިވްސް، ދަ ސަން ވިލް ޝައިން އެގެއިން" ގެ ނަމުގައި އިއްޔެ ބޭއްވި މި އިވެންޓުގައި ރާއްޖޭގެ ބައެއް ފަންނާނުންގެ ހުނަރު ވެސް ގެނެސް ދިނެވެ.

މީގެ އިތުރުން ރާއްޖޭގެ ކެއުންތަކާއި ރާއްޖޭގެ މަސައްކަތްތައް ވެސް ދައްކާލި އެވެ. އަދި މި އިވެންޓުގައި ހާއްސަ ކުއިޒެއް ކުރިއަށް ގެންގޮސް 30 ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދީފައިވެ އެވެ.