ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓާނުލަން: އާޒިމް

ކޮވިޑް-19 އާއި ގުޅިގެން ބޮޑެތި ގޮންޖެހުންތައް ހުރި ކަމުގައިވީނަމަވެސް ރަށްރަށުގައި ހިންގަމުންދާ އެއްވެސް ޕްރޮޖެކްޓެއް މަޑުޖައްސާލާފައިވާ ނުވާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އަވަސް އާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީން ރާއްޖޭގެ 35 ރަށެއްގައި 42 ޕްރޮޖެކްޓެއް ހިންގަމުން އަންނަ ކަމަށާއި ލޮކްޑައުން އާއި ގުޅިގެން އެއްރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތް ހެދުމުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަލާން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ޕްރޮޖެކްޓެއް މަޑުނުޖައްސާ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ޕްރޮޖެކްޓްތަކަށް ބޭނުންވާ އާލާތް އެރަށަކަށް ނުގެންދެވުން ކަމަށާއި ނަމަވެސް ކުރެވެން ހުރި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑު ދައްޗަކަށް މިދިމާވަނީ ޕްރޮޖެކްޓަކަށް ބޭނުންވަ މެޓީރިއަލް އެރަށަކަށް ނުގެންދެވޭތީ ދިމާވާ ދަތިތައް. އެކަމަކު އަޅުގަނޑުމެން މިސާލަކަށް ބަނދަރު ހެދުމުގެ ޕްރޮޖެޓެއް ވެއްޖިއްޔާ ކޮނުމުގެ މަސައްކަތް އެބަކުރަން. މަގުތަކުގެ މަޝްރޫއެއް ވެއްޖެއްޔާ އެ ަރށެއްގެ އެ ވަގުތު ހުންނަ މެޓީއަލް އެއް ބެނުންކޮށްގެން ކާނުގަނޑު ހެދުމުގެ މަސައްކަތްތަކާއި ދުވާރުގެ މަސައްކަތް ކުރިއަށް މި ގެންދަނީ. އެހެންވީމަ އެއްވެސް ޕްރޮޖެކްޓެއް މަޑު ޖައްސާލާކަށް ނުޖެހޭ." އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކަށްވީ ޕްރޖެކްޓްތަކުގައި ބޭނުންކުރާ ވެހިކަލްތަށް ހަލާކުވެއްޖެ ނަމަ އެ ފަސޭހަކަމާއެކު ހެދޭނެ ގޮތެއް ނެތުން ކަމަށާއި ނަމަވެސް ލޮކްޑައުން އަށް ލުޔެއް ސަރުކާރުން ދިނުމުގެ ސަބަބުން މިކަމަށްވެސް ހައްލެއް ލިބިއްޖެ ކަމަށެވެ. އަދި މިހާރު ކޮންމެ ޕްރޮޖެކްޓަކަށް ރީޖަނަލް ލެވެލްގައި މެކޭނިކެއްް ބަހައްޓައިގެންވެސް ޕްރޮޖެކްޓްތައް ހަވާލުކޮށްފައިވާ މުއްދަތަށް ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑާއެކު އުޅެން ޖެހިފައިވާ ކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މި ރޯގާ އާއެކު އުޅޭނެ ގޮތް ކަމާގުޅޭ އިދާރާތަކުން ދެމުންގެންދާ ކަމަށާއި އެހެންކަމުން ކުރަމުންދާ މަސައްކަތްތަށް އަދި ހުއްޓުމަކަށް ގެންނަންނުވާ ކަމަށެވެ. އަދި ގޭގައި ތިބެގެންވެސް މަސައްކަތްތަށް ބަރާބަރަށް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ލޮކްޑައުންއާއި ގުޅިގެން އޮފީސްތައް ބަންދުކޮށްފައިވީނަމަވެސް އެއީ ލިބުނު ޗުއްޓިއެއްގެ ގޮތުގައި އެކުންފުނިން ނުބަލާ ކަމަށާއި ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް އާންމު ދުވަސްތަކުަގއި މަސައްކަތް ކުރަމުން ދިޔަ އުސޫލަށް މަސައްކަތް ކުރަމުންދިޔަ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަސައްކަތުގެ މާހައުލު ބަދަލުވި ކަމުގައި ވީނަމަވެސް ކުންފުނިން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ.

"ކޮވިޑް-19 ފެތުރެން ފެށީއްސުރެ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރީ މުވައްޒަފުންނާއި ގާތުން ކޮމިއުނިކޭޝަން ކަންކަން ރަނގަޅުކުރުމަށް. އަދި ކުރަންޖެހޭ ކަންކަން ކޮންމެ ދުވަހަކު ކިޔައިދީ ހަފްތާއަކު އެއް ދުވަހު ބާއްވަމުންދާ މީޓިންތައް ތިން ދުވަހަށް ބަދަލުކޮށް ކުރަމުންދާ މަސައްކަތްތަށް ގާތުން ބަލައި ކިޔައިދިނުނު. އޭގެ ނަތީޖާއެއްގެ ގޮތުން މި ފެނުނީ އަޅުގަމޑުމެން ކުރަމުން އައި އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދެވުން. އެހެންވީމަ ނިއުނޯމަލް އަށް ވެސް އަޅުގަނޑުމެންގެ ކުންފުނި އޮތީ ހަމަ ތައްޔާރަށް." އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އޭނާ އެކުންފުންޏާއި ހަވާލުވެ ވަޑައިގެންނެވިއިރު ވަރަށް ބައިވަރު ދަރަނިތަކާއި ހަރަދުތައް ކުރަމުންދިޔަ ކުންފުންޏެއް ގޮތުގައި އެމްޓީސީސީ ފާހަގަވެގެންދިޔަ ކަމަށާއި ނަމަވެސް މަގާމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތަކީ ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމާއި ކުންފުނީގެ އެތެރޭގެ އޮނިގަނދަށް ގެނައި ބަދަލްތަކުގެ ސަބަބުން އެންމެ ދުވަހެއްގެ ތެރޭގައިވެސް 3.5 މިލިއަން ރުފިޔާ ސޭވްކޮށްފައިވާނޭ ކަމަށެވެ. އަދި އެމްޓީސީސީގެ ފާއިތުވެގެން މިދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި އެކުންފުންޏަށް ފައިދާ ނުވާ ވަރަށް އެންމެ ކުއާޓަރެއްގައި ފައިދާ ހޯދާފައިވާނޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ކުންފުނިން ބޭންކުތަކަށް ދައްކަންޖެހޭ ލޯނުތައް ބޭންކުތަކާއި މަޝްވަރާކޮށްގެން ފަސްކޮށްދިނުމަށް އެދިފައިވާނޭ ކަމަށާއި އެހެނިހެން ފަރާތްތަކަށް ކުންފުނިން ދޭން ޖެހިފައިހުރި ފައިސާތަށްވެސް މަޑުމަޑުން ދެމުން ގެންދަވާ ކަމަށެވެ. އަދި ކުންފުންޏަށް ލިބެންޖެހޭ ފައިސާތަށްވެސް ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ފަސްޖެހުމެއްނެތި އެކުންފުނީގެ މުވައްޒަފުން ކުރަމުންދިޔަ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވާފަ އެވެ.

އާޒިމް އެމްޓީސީސީ އާއި ހަވާލުވެވަޑައިގަތީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އޭގެ ކުރިން އާޒިމް ހުންނެވީ އެމްޑަބްލިއު އެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އެމަގާމަށް އެމްޓީސީސީގެ އޭރުގެ އެމްޑީ ހަސަން ޝާހް ބަދަލު ކުރުމަށްފަހު އާޒިމް އާއި ވަނީ އެމްޓީސީސީ ހަވާލުކޮށްފަ އެވެ. އަދި ސަރުކާރުން މިބަދަލު ގެނެސްފައިވަނީ އެކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށްބުނެ އެވެ.