ހަބަރު

ފިރިހެން ދަރިވަރުންނާ ބެހުނު މީހާ ހައްޔަރުކޮށްފި

Jun 9, 2020

ޤުރުއާން ކްލާހެއްގެ ފިރިހެން ދަރިވަރުންތަކަކާ ބެހުނު ކަމުގެ ތުހުމަތުވާ ޓީޗަރު ހައްޔަރުކޮށްފި އެވެ.

މި ހާދިސާ ހިނގި ރަށެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މިފަދަ މައްސަލަތަކުގައި އެކަން އެގޮތަށް ނުކުރެ އެވެ. ބުނެފައިވަނީ މިކަން ހިނގީ ނޯތް ޕޮލިސް ޑިވިޝަން ހިމެނޭ ރަށެއްގައި ކަމަށެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅައި، ތުހުމަތުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން މިރޭ ބުނީ އެމީހާ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދުނު އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

އޭނާ ޖިންސީ ގޯނާ ކޮށްފައި ވަނީ 18 އަހަރު ނުފުރޭ ފިރިހެން ކުދިންތަކަކަށެވެ. ނަމަވެސް އެއީ ކިތައް ކުދިން ކަމެއް ހާމައެއް ނުކުރެ އެވެ.

ކުޑަކުދިިންނާއި ގުޅުންހުރި މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ. އަދި ކުދިންނާ ގުޅުންހުރި ޒާތީީ މައުލޫމާތުތައް ސިއްރުކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މިފަހުން ވެސް ހއ. ހޯރަފުށީގައި ފިރިހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގަނިކޮށް އަތުލައިގަތް މީހަކަށް ވަނީ ދައުވާކޮށްފަ އެވެ.