ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދެ މަސްދުވަހުގެ މެދު ކެނޑުމަކަށްފަހު މާލޭގެ މަގުތަކުގެ މަސައްކަތް އަލުން ފަށައިފި

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މެދުކަނޑާލާފައިވާ މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ދެ މަހެއްހާ ދުވަހުގެ މެދުކަނޑާލުމަކަށްފަހު މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ނުވަތަ " މާލެސިޓީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ މަސައްކަތް މިއަދު އަލުން ފަށާފައިވާ ކަމަށެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކުގެ މައްސަލަތަކާއި ފެންބޮޑުވުމުވުގެ މައްސަލަތައް ހައްލުކޮށް މާލޭގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް ފަހިވާގޮތަށް ތަރުތީބުކުރެވިފައިވާ ހިތްފަސޭހަ ތަނަކަށް ހެދުމަށް ވަނީ ނިންމާފަ އެވެ.

މި މަޝްރޫއުގެ ދަށުން މާލެ ސިތީގެ ޖުމްލަ 416 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ނިންމާފަ އެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 462 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫއުގެ ޕްލޭނާ އެއްގޮތަށް މަގުތައް ހެދިގެންދާއިރު މާލޭގެ މަގުތައް ގިންތި ކުރެވި ދުއްވާ އުޅަނދުފަހަރާއި ހިނގާބިނގާވެ ހަދާ ފަރާތްތަކަށް ފަހި މަގުތަކަކަށް ހެދިގެންދާނެ ކަމަށާއި، އެގޮތުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ހައްލު ލިބި، ފެންހިނދުމުގެ ނިޒާމާއި ޑީވޯޓަރިންނާއި އަދި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނަރުތަކާއި، ކަރަންޓް، ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމުފަދަ ޔޫޓިލިޓީގެ ހިދުމަތްތަކުގެ ނިޒާމު ވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށް މާލެސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ނިމޭއިރު މަގުތައް ގިންތި ކުރެވޭއިރު އާންމު ދަތުރުފަތުގެ ހިދުމަތް އަލުން ތައާރަފުކުރެވި މަގުތައް ފެހިކޮށް، ހިނގާބިގާވެ އުޅުމަށް ފަހި މާހައުލެއް ގާއިމުކުރެވި، ފައިމަގުގައި އުޅުމަށް ހިތްވަރު ލިބި މަގުތައް ބޭނުން ކުރުމަށް ވެސް އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މާލެސީޓި ކައންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.