ހަބަރު

އަންހެނަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

Jun 10, 2020

އަންހެނަކަށް ހަމަލާދީ، މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި އެވެ. މިކަން ހިނގީ ނ. މާލެންދޫގަ އެވެ.

ފުލުހުން ބުނި ގޮތުގައި، މިއަދު ހެނދުނު މާޅެންދޫ ގެއެއްގެ ވަލު ފަރާތު ގަސްތަކުގެ ތެރޭ 39 އަހަރުގެ އަންހެނަކު ހުއްޓާ 50 އަހަރުގެ ފިރިހެނަކު އައިސް އޭނާއަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު އިރުއޮއްސުނުހާއިރު އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ބަންދުކުރި މުއްދަތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މި މާރާމާރީ ހިންގަން މެދުވެރީ ސަބަބެއް ސާފެއް ނުވެ އެވެ. މިއަދު ފުލުހުން ވަނީ ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ދިވެހި ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ.