ދިރާގު

ހިދުމަތްތަކަށް "މައި އެކައުންްޓް" ބޭނުންކުރޭ: ދިރާގު

ދިރާގުގެ ހިދުމަތްތައް ހޯދަން "މައި އެކައުންޓް" ބޭނުން ކުރަން އެ ކުންފުނިން އެދެފި އެވެ.

މި ދުވަސްވަރަކީ ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސް ވަރަކަށް ވާތީ ގޭގައި ތިބެގެން އޮންލައިންކޮށް ދިރާގުގެ ހުރިހާ ހިދުމަތްތެއް މެނޭޖު ކުރަން ދިރާގު ވެބްސައިޓްގައި ހިމަނާފައިވާ "މައި އެކައުންޓް" އަކީ ދިރާގު ކަސްޓަމަރުންނަށް މުހިންމު ފީޗާއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މައި އެކަންއުންޓް މެދުވެރިކޮށް ގޭގެ އިންޓަނެޓް ޕެކޭޖް ބަދަލު ކުރުމާއި މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖްގެ ތަފުސީލު ބަލައި ބިލްތައް ވެސް ދައްކާލެވެ އެވެ. މީގެ އިތުރުން ދިރާގުގެ އެކި އެކި ހިދުމަތަތަކަށް އެދެން ކަސްޓަމާ ކެއާ ސެންޓަރުތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައި ކުރުން ފަދަ ފަސޭހަތައް ވެސް ލިބޭނެ އެވެ.

ދިރާގު މައި އެކައުންޓް ހިދުމަތް ބޭނުން ކުރަން ވެބްސައިޓަށް ވަދެ، ރެޖިސްޓާ ވާންޖެހެ އެވެ.