މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 20 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 20 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ހަތަރު ބިދޭސީން ކަމަށެވެ. އެ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1962 އަށް އަރާފަ އެވެ.
މިއަދު ގިނަ ބަޔަކު ވަނީ ކޮވިޑުން ރަނގަޅު ވެސް ވެފައެވެ. އެގޮތުން 111 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1121 އަށް އަރާފަ އެވެ.
ކޮވިޑްގައި ރާއްޖެއިން މަރުވީ 8 މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. ބިދޭސީން ނިސްބަތް ވަނީ ބަންގްލަދޭޝްއަށެވެ.
މިވަގުތު ކަރަންޓީންގައި ތިބީ 398 މީހުންނެވެ. އަދި އައިސޮލޭޝަންގައި ތިބީ 932 މީހުނެވެ.