ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އަރަބި ޓޫރިސްޓުން ރާއްޖެއަށް އޮތް ޝައުގު ބޮޑުވެއްޖެ: ސާވޭ

Jun 13, 2020
3

ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގައި ހިމެނޭ ގައުމުތަކުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮތް ޝައުގުވެރިކަން މަތިވެފައިވާ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

ޔޫއޭއީގެ ދަ ނޭޝަނަލް ނޫހުގައިވާ ގޮތުން ޖީސީސީގައި ހިމެނޭ، ސައޫދީ އަރަބިއްޔާ، ކުވެއިތު އަދި ޔުނެއިޓެޑް އެރަބް އެމިރޭޓްސް އާއި ގަތަރާއި ބަހުރޭން އަދި އޮމާންގައި ހަރަކާތްތެރިވާ 94 ޓްރެވަލް އެޖެންޓުންގެ މެދުގައި އޭވިއަރެޕްސް ކުންފުނިން ކުރި ސާވޭގައި ބައިވެރިވި 60 ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި މި ސަރަހައްދުގައި ހިމެނޭ ގައުމުތަކުގެ މީހުން އޯގަސްޓް މަހާއި ސެޕްޓެމްބަރު މަހު ޗުއްޓީއަށް ދަތުރު ކުރަން ފަށާނެ އެވެ. އަދި ސާވޭގައި ބައިވެރިވި 14 ޕަސެންޓް މީހުން ބުނެފައި ވަނީ ޗުއްޓީއަށް ދެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކަމަށެވެ.

މި ސާވޭ އިން ދެއްކި ގޮތުގައި ދުނިޔޭގެ ގައުމުތަކަށް ބަލާއިރު އެ ސަރަހައްދުގައި ހިމެނޭ ގައުމުތަކުގެ މީހުން އެންމެ ގިނައިން ދަތުރު ކުރާނެ ކަމަށް ބެލެވޭ 10 ގައުމުގެ އެންމެ ކުރީގައި ރާއްޖެ ހިމެނެ އެވެ. ރާއްޖޭގެ އިތުރުން ދެން އެންމެ ގިނަ މީހުން ދަތުރު ކުރާނެ ކަމަށް ބެލެވެނީ އަޒަރުބައިޖާނާއި ތުރުކީ އާއި ޖޯޖިއާ އާއި އޮސްޓްރޭލިއާ އާއި ޔޫއޭއީ އަދި ޖަރުމަނުވިލާތާއި މެލޭސިޔާ އަދި ސްރީލަންކާ އަށެވެ.

ކޮވިޑް-19 އަށްފަހު ރާއްޖެއިން ދަނީ އަންނަ ޖުލައި މަހު ޓޫރިޒަމް ހުޅުވާލަން ތައްޔާރު ވަމުންނެވެ. ޓޫރިޒަމަށް ހުޅުވާލުމުގެ ގޮތުން ޓޫރިޒަމް ގައިޑްލައިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި ޓޫރިޒަމް ހުޅުވާލާއިރު އިތުރު ފީތަކެއް ނުނަގާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މެދުއިރުމަތިން މިދިޔަ އަހަރު 60،000 މީހަކު ރާއްޖެ އައިސްފައިވެ އެވެ. އަދި އެ ސަރަހައްދަކީ ހައި އެންޑް ރިސޯޓުތަކަށް އެންމެ ގިނަ މީހުން އަންނަ އެއް ސަރަހައްދު ވެސް މެއެވެ.