ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކަނުހުރާ ހުޅުވަން ސިއްހީ ގޮތުން މުހިންމު ފިޔަވަޅުތަކެއް

Jun 13, 2020
3

ކޮވިޑް-19 އަށްފަހު ކަނުހުރާ ރިސޯޓު އަލުން ހުޅުވަން ސިއްހީ ދާއިރާގައިދޭ އެންމެ ވަރުގަދަ އެއް އިންސްޕެކްޓް ސެޓްފިކެޓް ކަމަށްވާ އެސްޖީއެސް ސެޓިފިކޭޝަން ހޯދައި، ފިޔަވަޅުތަކެއް އަޅައިފި އެވެ.

މޮރިޝަސްގެ ސީއެލް ކުންފުނީގެ، ސަން ރިސޯޓް ބްރޭންޑުގައި ހިންގާ، ކަނުހުރާ މޯލްޑިވްސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ ރިސޯޓު ހުޅުވުމުގެ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިންސްޕެކްޝަން ސެޓްރިކެޓް ކަމަށްވާ އެސްޖީއެސް ހޯދާފައިވާ ކަމަށާ، މީގެ ސަބަބުން އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަން އަންނަ ޓޫރިސްޓުންނަށް ސިއްހީ ގޮތުން ޔަގީންކަން އިތުރުވާނެ ކަމަށެވެ.

ކަނުހުރާ ރިސޯޓު ހުޅުވާނެ ކަމަށް އިއުލާނުކޮށްފައިވަނީ އޮގަސްޓް އެއް ވަނަ ދުވަހު އެވެ.

އެ ރިސޯޓުން ބުނެފައިވާ ގޮތުގައި ސިއްހީ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކާއެކު ޑިސްއިންފެކްޓް ކުރުމާއި ސާފު ކުރުން ކުރިއަށްވުރެ ހަރުދަނާވެ، އިތުރު ފިޔަވަޅު ތަކެއް ވެސް އެޅޭނެ ކަމަށެވެ.

ސަން ރިސޯޓު ހިންގާ ސީއެލް ކުންފުންޏަކީ ޓޫރިޒަމް އިންޑަސްޓްރީގެ އިތުރުން ސިއްހީ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާގައި ވެސް ހަރަކާތެރިވާ ކުންފުންޏެކެވެ. އެ ކުންފުނިން މޮރިޝަންގައި ހޮސްޕިޓަލް ވެސް ހިންގަ އެވެ.

ޓޫރިޒަމް ހުޅުވެންވާއިރަށް ރާއްޖޭގައި ހަރަކާތްތެރިވާ ރިސޯޓު ތަކުން ދަނީ ހުޅުވުމުގައި އަމަލު ކުރާނެ އުސޫލުތައް ހަދަމުންނެވެ. ނަމަވެސް ޖުލައި މަހު ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމުގެ ގޮތުން ސަރުކާރުން ހަދާ ގައިޑްލައިން އަދި ނުނެރެ އެވެ.