ޕޮލިޓިކްސް

ބަރުލަމާނީ ނިޒާމު ރާއްޖޭގެ ހާލަތަކާ ނުގުޅޭ: ޝަރީފު

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު
100%
0%
0%

ބަރުލަމާނީ ނިޒާމަކީ ރާއްޖޭގެ ހާލަތާ އެންމެ ގުޅޭ ނިޒާމު ނޫން ކަމަށާއި ރައްޔިތުންނަށް ސީދާ ބާރު އޮންނަނީ ވެސް ރިޔާސީ ނިޒާމެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެ އެވެ.

ޝަރީފު މިހެން ވިދާޅުވެފައި ވަނީ މި ފަހުން އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހާޒިރުކޮށް ބޭއްވި މަޖިލީހުގެ ކޮމިޓީއެއްގައި މިނިސްޓަރު ދެއްވި ޖަވާބުތަކާ ހިތްހަމަ ނުޖެހިގެން ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ދާން ޖެހިއްޖެ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މުމްތާޒު މުހައްމަދު ވިދާޅުވެފައި ވަނިކޮށެވެ. މުމްތާޒުގެ އެ ވާހަކަތަކާއެކު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ގެންދަނީ ބަރުލަމާނީ ނިޒާމަށް ރާއްޖެ ބަދަލު ކުރުމަށް ތާއީދުކޮށް ޓްވީޓުތައް ކުރަމުންނެވެ.

އެފަދަ ޓްވީޓަކަށް ރައްދު ދެއްވައި ޝަރީފު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ ރާއްޖޭގެ ހާލަތާ ގުޅޭ ނިޒާމެއް ނޫން ކަމަށެވެ. މިހާރުގެ މަޖިލީހަށާއި ސަރުކާރުގެ ހާލަތަށް ރިއާޔަތްކޮށް ބައެއް މިސާލުތައް ވެސް އޭނާ ދެއްކެވި އެވެ.

ޝަރީފު ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ނަމަ އެއް ޕާޓީއަކަށް ފަސޭހައިން މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނަމަ އެ ޕާޓީއަކަށް ހުރިހާ ސިޔާސީ މަގާމެއް ދޭން ޖެހޭނެ ކަމަށެވެ. މިހާރު ވެސް މަގާމުތަކާ ހެދި ޕާޓީތަކުން "ތަޅާ ފޮޅާ" ކަމަށާއި ބުރަ މަސައްކަތް ކުރި ކުދި ޕާޓީތަކަށް އެއްވެސް މިންވަރެއް އޭރުން ނުލިބޭ ކަމަށެވެ.

"ބަރުލަމާނީ ނިޒާމްގައި ހުރިހާ ސިޔާސީ މަގާމްތަކުގައި ތިބެން ޖެހޭނީ އެމްޕީން ކަމަށްވާއިރު ބުރަ މަސައްކަތް ކުރި ޕާޓީގެ އެހެން ކުދިންނަށް ދޭނީ ކޮން އެއްޗެއް؟ މިހާރު ވެސް ދޭން ބޭނުން އެންމެނަށް ނުދެވިގެން މި އުޅެނީ މަގާމްތައް." ޝަރީފު ކުރެއްވި ޓްވީޓެއްގައިވެ އެވެ.

މީގެ އިތުރުން މިހާރުގެ ހާލަތަށް ބަލާއިރު އެމްޑީޕީއަށް އެކަނި މަޖިލީހުގައި 65 މެންބަރުން ތިއްބަވަ އެވެ. ބަރުލަމާނީ ނިޒާމެއްނަމަ އެ ހުރިހާ މެންބަރުން ވެސް މިނިސްޓަރު ކަމަށް "ތަޅާ ފޮޅާނެ" ކަމަށާއި އެ ހުރިހާ މެންބަރުންނަށް މިނިސްޓަރުކަން ނުދެވޭނެ ކަމަށެވެ. އަދި ކޯލިޝަނެއްނަމަ އިތުރު ޕާޓީތަކަށް ވެސް ދޭން ޖެހޭނެ ކަމަށެވެ.

"ބަރުލަމާނީ ނިޒާމް ރާއްޖޭގެ ހާލަތާ ނުގުޅޭ. މަޖިލީހުގަ ތިބި އިދިކޮޅުން ނުވަ މެންބަރުން ފިޔަވައި އެންމެނަށް މިނިސްޓަރުކަން ދިނީމަ ކިހިނެތް ހިންގަނީ. ކޮންމެ މެންބަރަކު ބޭނުން ވާނެ މިނިސްޓަރުކަން ވެސް،" ޝަރީފުގެ ޓްވީޓެއްގައިވެ އެވެ.

ޝަރީފު ވިދާޅުވީ ހަމައެކަނި މަޖިލީހުގެ މެންބަރަކަށް އޮތް މޮޅަކަށް ވިސްނާނަމަ ބަރުލަމާނީ ނިޒާމު ކަމު ހިނގައިދާނެ ކަމަށާއި އެއާހިލާފަށް ރައްޔިތުންގެ ބާރު އޮތީ ރިޔާސީ ނިޒާމެއްގައި ކަމަށެވެ. އޭރަށް ސިދާ ރައްޔިތުންގެ ވޯޓަކުން ސަރުކާރުގެ އިސްވެރިޔާ އިންތިހާބު ކުރެވޭނެ ކަމަށެވެ. އަދި ކަމުނުދާ ވެރިއެއްނަމަ އަނެއް ދައުރަށް ބަދަލު ކުރުމުގެ ފުރުސަތު ވެސް ލިބޭ ކަމަށެވެ.

"ރިޔާސީ ނިޒާމްގައި ގައުމުގެ އެންމެން އިސްވެރިޔާ ވޯޓު ލައިގެން ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް އޮވޭ، ބަރުލަމާނީ ނިޒާމްގަ އެ ފުރުސަތު ނޯވޭ، ސަރުކާރުގެ އިސްވެރިޔާ ޕްރައިމް މިނިސްޓަރު ހޮވާނީ މަޖިލީހުން، ރައްޔިތުންގެ އަތުގައި އޮތް ބާރެއް ރައްޔިތުން ދޫކޮށްލަންވީ ކީއްވެ،" ޝަރީފުގެ ޓްވީޓެއްގައި އެވެ.

ރާއްޖެއާ ބަރުލަމާނީ ނިޒާމު ގުޅޭ ކަމަށް ޝަރީފު ވިދާޅުވިއިރު، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ބޭނުންފުޅު ވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ބާއްވާށެވެ. އެންމެ ފަހުން ރާއްޖޭގައި ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ބޭއްވި ވޯޓުގައި ވެސް ނަޝީދާއި އެމްޑީޕީން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ.

ނަމަވެސް މިހާރު މަޖިލީހަށް އިންތިހާބުވެފައިވާ އެމްޑީޕީގެ 65 މެންބަރުންގެ ޕާލިމެންޓްރީ ގްރޫޕްގެ ތެރޭގައި މި ކަމަށް ހިޔާލުތަފާތުވުންތައް އުޅެ އެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ދާން ޖެހިއްޖެ ކަމަށް ބައެއް މެންބަރުން ވިދާޅުވާއިރު، ބައެއް މެންބަރުން އެ ކަމަށް ތާއީދު ނުކުރައްވާ ކަމަށް ދަނީ ވިދާޅުވަމުންނެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހިޔަޅުވެރިން

ބަރުލަމާނީ ނިޒާމަށް ތާއީދުކުރަނީ ހުރިހާ ބާރެއް މުށުތެރެއަށްލާން ބޭނުންވާ ވެރިންނެވެ. މިކަން ބޭނުންވެގެން އުޅެނީ ރ. ނަޝީދާއި ރ. ޔާމީނެވެ.

ދުންތަރި

އެމްޑީޕީއޭ ކިޔާ ލާދީނީ ބައިގަނޑު ވެރިކަން ހޯދުމަށް ގޮވަމުންދިޔަ ގޮވެލިފައްޗަކީ ޙައްޤޭ ޙައްޤުތައް ލިބެންޖެހޭނެކަމަށ އެންމެނަށްވެސް ހަމަހަމަކަމާއެކީ ޙައްޤުތައް ކަށަވަރުވާންޖެހޭނެކަމާ ޚުދުމުޚުތާރުކަން ނެތިކޮށްލުމަށާއި ޤައުމުގެ ހުރިހާވެސް ބާރަކީ ރައްޔިތުންކަށް ނަމަވެސް ވެރިކަންލިބި މަޖިލީސްގެ އަޣުލަބިއްޔަތުލިބުނީމާ އެއްކަލަ ރައްޔިތުންބެ ބާރުވެސް ފޭރިގަނެ މުޅި ޤައުމުގެ ބާރު ކެނެރީގޭ ނަޝީދާ އެންޑީޕީގެ މުށުތެރއަށްލެވޭނެހުރިހާކަމެއްކުރަނީ އޭރުން ރައްޔިތުންކައިރިއަށް ވޯޓުހޯދަން ވެރިކަންކުރާން ދާކަށްނުޖެހޭނެ މިހުރިހާ މަކަރުވެރި ރޭވުމެއް އެމްޑީޕީއޭކިޔާ ލާދީނީ މުޖުރިމުންކުރާނެ ރައްޔިތުން މިތިބީ ހެޔޮވެރިކަާ ޙައްޤުތައް ކަށަވަރުކުރަން އެމްޑީޕީއޭ ކިޔާ ބައިގަނޑަށް ވެރިކަން ހަވާލުކޮށް ނުވިތާކަށް މަޖިލިސްވެސްދީގެން މިހާރު ހުރިހާ ބާރެއް އޮތީ ކެނެރީގޭ ނަޝީދުގެ އަންބޮނޑީގަ އެވަރުންނުވެގެން ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤުވެސް ނިގުޅައިގަންނަން އެ މަސައްކަތްކުރަނީ ރައްޔިތުންނަށް ހާދަ ހެޔޮއެޭ ޕާޓީއެކޭދޯ

ޝަރު

މިހާރު މިސޮރު މުޅި އެމްޑީޕީގެ ވިސްނުމާއި ދެކޮޅަށް ހުރިހާކަމެެއްގައި ތެދުވެގެން އަބަދު މިއުޅޭ އުޅުން ޕާޓީގެ ލީޑަރޝިޕުން އެބަ ބަލަންޖެހޭ..

އަބްދުﷲ

ބަރުލަމާނީ އެއީ ނަޝީދު ތާއަބަދު ވެރިކަމުގައި ހުންނަން ރާވާ ގޭމެއް. އޭގަ އަވައިގައި ޖެހިގެން އަމިއްލަ ފައިދާ އަށް އުޅޭ ބަޔަކު ވެސް ތިތާ ތިބޭނެ. އެހެނަސް އަހަރެމެން ރައްޔިތުން ބޭނުމެއްނޫން އަހަރެމެންގެ ބާރު ދޫކޮށްލާކަށް...

ޔެސްބޮސް

ބަރުލަމާނީ ނިޒާމަށް ތާއީދު ކުރަނީ ނަޝީދުގެ އައުވާނުން ނަޝީދަށްވެސް އެނގޭ ދެން މިރާއްޖޭގެ ވެރިކަމަށް ރައްޔަތުންގެ ސީދާ ވޯޓަކުން އޭނާ ނުހޮވޭނެކަން އެހެންްވީމަ ބަރުލަމާނީ އޭނަޔަށް ކަމުގޮސްގެން މިއުޅެނީ...

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345