ކެބިނެޓް

އަސްލަމަށް ފަތްކޮޅު އަރުވައިފި

Jun 14, 2020
5

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ކަމުގެ މަގާމަށް މުހައްމަދު އަސްލަމް އިސް ކުރައްވައި މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މިއަދު އޭނާއަށް ދެއްވައިފި އެވެ.

އަސްލަމް މަގާމުގެ ހުވާ ކުރެއްވުމާއި އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ރައީސް އޮފީހުގަ އެވެ. އޭނާއަށް ހުވާ ލައި ދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ.

މި ބަދަލަކީ މި މަހުގެ 11 ވަނަ ދުވަހު ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އުވާލައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ރައީސް ބަދަލު ކުރެއްވުމަށް ފަހު ގެންނެވި ބަދަލެކެވެ.

މިގޮތަށް ހަމަޖެއްސުމުން ކުރިން ހައުސިން މިނިސްޓްރީން ކުރަމުން އައި މަސައްކަތްތައް ދެން ކުރާނީ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީންނެވެ. މި ބަދަލު ގެނައީ ކުރިން ހައުސިން މިނިޓަރު ކަމުގައި ހުންނެވި އާމިނަތު އާތިފާ، އެކަމަނާގެ ސިއްހީ ހާލުކޮޅު ގޯސްވެ ޒިންމާ އަދާ ކުރެއްވުމަށް ދަތިފުޅުވެ އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ.