ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

ބަލި ނެތް ރަށްރަށުގައި ޖުލައި އެކެއްގައި ކިޔަވައިދޭން ފަށަނީ

ކޮވިޑްގެ ބަލިމަޑުކަން ނެތް ރަށްރަށުގައި އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ސުކޫލްތައް ހުޅުވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޖުލައި އެއް ވަނަ ދުވަހު ސުކޫލްތައް ހުޅުވަން ނިންމީ އެޗްޕީއޭގެ އިރުޝާދާއެކުގައި ކަމަށާއި ސްކޫލްތައް ހުޅުވާނީ ކޮވިޑް ބަލި ނެތް ރަށްރަށުން ސުކޫލްތައް ކަމަށެވެ. ފަށާއިރު ކިޔަވައި ދޭނީ ގުރޭޑް އެކަކުން މަތީގެ ދަރިވަރުންނަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރި މިރޭ ވިދާޅުވީ ސުކޫލްތައް ހުޅުވުން ފޭސްތަކަކަށް ބަހާލާފައިވާ ކަމަށާ ތުއްތު ކުދިންގެ ކުލާސްތައް ފަށާނީ ފަހުން ކަމަށެވެ.

"މި ހާލަތުގައި ސުކޫލްތައް ހުޅުވަން މި ނިންމީ އެއީ ވަރަށް މުހިންމު ކަމެއް ކަމަށްވާތީ. މާޗް މަހުން ފެށިގެން ދަރިވަރުން މިތިބީ ގޭގައި، އެހެންވީމަ ވަރަށް ގިނަ ކަންކަމުން އެ ކުދިން ވަނީ މަހުރޫމްވެފައި. ހަގީގަތުގައި ސުކޫލަކީ ހަމައެކަނި ކިޔަވަންދާ ތަނެއް ނޫން. އެނޫން އެތައް ފައިދާތަކެއް ކުދިންނަށް ސުކޫލްތަކުން ދަސްވޭ، އަދި ބައެއް ކުދިންނަށް ސުކޫލަކީ ހަމައެކަނި އެ ދަރިވަރުންނަށް ސޭފް ޕްލޭސް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުކޫލްތައް ހުޅުވަން ތައްޔާރީތައް ވަމުންދާއިރު ސުކޫލްތަކުން އަމަލު ކުރަންޖެހޭ ގައިޑްލައިން ވެސް ތައްޔާރު ކޮށްފައިވާ ކަމަށާއި ހުޅުވުމުގެ ކުރިން ކުރަންޖެހޭ ކަންކަމާއި، ސުކޫލް ހުޅުވުމަށްފަހު ކުރަންޖެހޭ ކަންކަން ވަރަށް ތަފްސީލްކޮށް އެ ގައިޑްލައިންގައި ހިމަނާފައިވާނެ ކަމަށެވެ.

ޖުލައި މަހު ކިޔެވުން ފެށިނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ހުރި ޓީޗަރަކު ސުކޫލަށް ނުދާނެ އެވެ. އަދި އަލާމާތެއް ހުރި ދަރިވަރުން ވެސް ސުކޫލްތަކަށް ނުފޮނުވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ސުކޫލްތައް ހުޅުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށާ ކޮންމެ ދަރިވަރަކުވެސް ސްކޫލް ގޭޓް ކައިރިން ހުން ޗެކް ކުރުމަށްފަހު ނޫނީ ކްލާސް ރޫމަށް ނުވައްދާނެ ކަމަށެވެ.

ސުކޫލަށް ދަރިވަރުން ދާނީ މާސްކް އަޅައިގެނެވެ. އދި ކްލާސްތަކުގައި ތިބޭނެ ދަރިވަރުންގެ އަދަދު ވެސް މަދުވާނެ އެވެ. މީގެ އިތުރުން މި ސަރުކާރުން އެންމެ ސަމާލުކަން ދޭ ސްކޫލް ނާސްތާ ޕްރަގްރާމެއް ނޯންނާނެ އެވެ.