ކޮވިޑް ހާލަތުގައި ވެސް ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތް ދެވުނު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅު ވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ސްޓެލްކޯގައި ލޮކްޑައުންވެ ހިދުމަތުގައި ދެމި ތިބި މުވައްޒަފުންގެ އަގު ވަޒަން ކުރަން މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި މުވައްޒަފުންގެ ފަރާތުން ފެނިގެން ދިޔަ ކެތްތެރި ކަމާއި އާއިލާއާ ދުރުގައި ތިބެގެން ކުރި މަސައްކަތައް ބުރަ ކަމަށާއި ކޮންމެ އަހަރަކު ވެސް ސްޓެލްކޯގެ މަސައްކަތަަށް އެންމެ ބާރު ބޮޑުވަނީ ހޫނު މޫސުމުގައި ކަމަށެވެ.
އަދި ކޮވިޑް ހަލާތުގައި ސްޓެލްކޯގެ މުވައްޒަފުން ބުރަ މަސައްކަތެއް ކޮށް އެހެން އަަހަރުތަކުގެ ހޫނު މޫސުމުގައި ދިމަވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ހޯދި ކަމަށް ވެސް ވިދާޅުވި އެވެ
"އަޅުގަނޑުމެންނަށް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މިއަހަރުގެ ތެރޭގައި ކަރަންޓު ކެނޑިގެނެއް ނުދޭ. އެހެންވީމަ އާންމު ރައްޔިތުންނަށް އަޅުގަނޑުމެން ދޭން ބޭނުންވާ ހިދުމަތް އެންމެ ފުރިހަމައަށް ދެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން." މުޣުނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްޓެލްކޯ ހިމެނިގެން ދާނީ ކޮވިޑާއި ގުޅިގެން ދިމާ ވެދާނެ ކަންކަމަށް އެންމެ ފުރަތަމަ ތައްޔާރު ވާން ފެށި ކުންފުނިތަކުގެ ތެރޭގައި ކަމަށެވެ. އެގޮތުން ފެބްރުއަރީ މަހުން ފަަށައިގެން އެކަަމަށް ތައްޔާރުވެ އެސްއޯޕީތައް އެކުލަވާލަން ފަށާފައިވާ ކަމަށާއި ދުރާލާ އެޅި ފިޔަވަޅުތަކުގެ ނަތީޖާގެ ސަބަބުން މިހާތަނަށް ސްޓެލްކޯގެ މުވައްޒަފަކު ކޮވިޑަށް ޕްޒިޓިވް ނުވާ ކަމަށެވެ.