ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްޓެލްކޯގެ ހިދުމަތްތައް ހޯމަ އާއި ބުރާސްފަތީގައިި

ސަރުކާރު ބަންދު ދުވަސްތަކުގައި ސްޓެލްކޯގެ ހިދުމަތްތައް ހޯމަ އާއި ބުރާސްފަތީގައި ދޭން އެ ކުންފުނިން ނިންމައިފި އެވެ.

ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮންނަ ދުވަސްތަކުގައި އެ ކުންފުންޏާ ގުޅުންހުރި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މާލެ އާއި އަތޮޅުތެރޭގެ އިންޖީނުގެތަކުގެ ހިދުމަތްދޭ ކައުންޓަރުތައް މާދަމާ އިން ފެށިގެން ހުޅުވާނެ ކަމަށެވެ. ހިދުމަތްތައް ދޭން ނިންމާފައިވަނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރު ދޭކަށެވެ.

އަދި، މިވަގުތު ތަކުގައި ސްޓެލްކޯ ސޭލްސް ސެންޓަރުތައްވެސް ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިތުރަށް ބުނީ ގޭގައި ތިބެގެން އެކުންފުނީގެ ހިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި ފައިސާ ދެއްކެވުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށެވެ. އެގޮތުން، ބޭނުންވާ ހިދުމަތްތަކަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ އީމެއިލް:[email protected] އަށް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ ސޭލްސް ސެންޓަރު މެދުވެރިކޮށް، ކަރަންޓާއި ގުޅުން ހުރި މުދާ ވިއްކުމާއި، ދޫކުރުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައިވާ ކަމަށާއި މި ހިދުމަތްތައް ބޭނުންވާނަމަ ސޭލްސް ސެންޓަރުގެ ފޯން ނަންބަރު 9110888 އާ ގުޅުއްވުމުން ނުވަތަ [email protected] އަށްމެއިލް ކުރުމަށް އެ ކުންފުނިން އެދެ އެވެ.

ސްޓެލްކޯ އިން ވަނީ، މި ވަގުތުގައި އެ ކުންފުނީގެ އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް ހިދުމަތްތައް ހޯދަން އިސްކަން ދިނުމަށް އެދިފަ އެވެ.