ވިޔަފާރި

މޫލީއިން ބައްޕައިންގެ ދުވަހަށް ހަދިޔާ ފޮނުވޭނެ

އުރީދޫގެ އީ- ކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށް ބައްޕައިންގެ ދުވަހަށް ހަދިޔާ ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބައްޕައިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ ޖޫން މަހެއްގެ ތިންވަނައަށް ވާ އާދީއްތަ ދުވަހު އެވެ. މިއަހަރުގެ ބައްޕައިންގެ ދުވަހަށް ވަނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހެވެ.

އުރީދޫން ބުނީ، މޫލީ އެޕްލިކޭޝަންގައި، ބައްޕައިންނަށް ކަމުދާ ހަދިޔާތައް ހިމެނޭ ހާއްސަ ކެޓަގަރީތަކެއް ހިމަނައިފައިވާނެ ކަމަށެވެ. އެގޮތުން، އިލެކްޓްރޯނިކް ޑިވައިސްތަކާއި ގެޖެޓުތައް އަދި އަތުކުރީ ގަޑި އާއި އައިނު ފަދަ ބައްޕައިންނަށް ކަމުދާނެ އެއްޗެހި ހުންނާނެ އެވެ.

މޫލީ އިން ހަދިޔާ އޯޑަރު ކުރުމަށް ފަހު ބައްޕައަށް ދޭން ބޭނުންވާ މެސެޖެއްވެސް ފޮނުވާލެވޭނެ އެވެ. މެސެޖު ފޮނުވަން ބޭނުންވާ މީހުންނަށް ހަދިޔާ ގަތުމަށް ފަހު "ސްޕެޝަލް އިންސްޓްރަކްޝަން" ގޮޅީގައި މެސެޖު ލިޔުމުން އެ މެސެޖެއް ހަދިޔާއާއެކު ފޮނުވައިދޭނެ އެވެ.

މީގެ އިތުރަށް، ބައްޕައިންގެ ދުވަހާ ގުޅިގެން މާދަމާގެ ނިޔަލަށް ހާއްސަ އޮފާއެއް ވެސް މިހާރު ކުރިއަށް އެބަ ދެ އެވެ. މި އޮފާގައި "ގިފްޓްސް ފޯ ސުޕަ ޑޭޑް" ކެޓަގަރީން އައިޓަމްތައް ވިއްކަ އެވެ.