މީރާ

ޓީޖީއެސްޓީ ދިވެހި ރުފިޔާއިން ދެއްކޭގޮތަށް ހަމަޖައްސައިފި

މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ދިވެހި ރުފިޔާއިން ދެއްކޭ ގޮތަށް ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކާއި ގުޅިގެން ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ދެއްކުމުގައި ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ދިވެހި ރުފިޔާއިން ޓެކްސް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފިނޭންސްއިން ވަނީ ބުނެފައެވެ. އެހެން ކަމުން އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ 30 ނިޔަލަށް ދައްކަންޖެހޭ ޓެކްސް ފައިސާ ދިވެހި ރުފިޔާއިން ދެއްކޭނެ ކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައެޅިފައިވާ ތާރީހުތަކުގައި ޓީޖީއެސްޓީ ދައްކަމުން ގެންދިއުމަށް ވިޔަފާރިތަކަށް އިލްތިމާސްކޮށްފައެވެ.