ދުނިޔެ

ޗައިނާ އިންޑިއާ ކުރިމަތިލުން: ދެ ފަރާތުން ތުހުމަތުގެ އިނގިލި

Jun 17, 2020
2

ލަދަކް (ޖޫން 17) - އިންޑިއާ އާއި ޗައިނާ ސިފައިންނާމެދު އިއްޔެ ރޭ ހިނގި ކުރިމަތިލުމާ ގުޅިގެން ދެ ފަރާތުން ވެސް ތުހުމަތުގެ އިނގިލި ދިއްކުރަން ފަށައިފި އެވެ.

އިންޑިއާގެ އަސްކަރިއްޔާ އިން ބުނީ ދެ ފަރާތުގެ ސިފައިން ވެސް މަރުވެފައިވާ ކަމަށެވެ. ނަމަވެސް، ޗައިނާ އިން މަރުވި ސިފައިންގެ މީހުންގެ އަދަދު އަދި ހާމަ ކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން ތިން މީހަކު މަރުވެފައިވާކަމަށް އިންޑިއާ އިން ބުނި ނަމަވެސް، އެ އަދަދު 20 އަށް އަރާފައިވާކަމަށް މިހާރު ވަނީ ބުނެފަ އެވެ.

އެ ކުރިމަތިލުން ހިނގާފައިވަނީ ލަޓި ބުރިއާ އާއި ގަލުން ކަމަށާއި، އެއްވެސް ފަރާތަކުން ބަޑިޖަހާފައި ނުވާކަމަށް ދެ ގައުމުން ވެސް ބުނެފައިވެ އެވެ.

ޓިބެޓާ އިން ވެގެން އޮންނަ ބޯޑަރު ސަރަހައްދުގައި ދެ ގައުމުގެ އިން ރަނގަޅަށް ވަކިކޮށްފައިވާނުވާއިރު، ގާތްގަނޑަކަށް 3،500 ކިލޯމީޓަރުގެ ސަރަހައްދާ ގުޅޭގޮތުން، ދެ ގައުމުގެ މެދުގައި ދޭ ތެރެއިން ދޭ ތެރެއިން ނުތަނަވަސްކަން ފެންމަތިވެ އެވެ.

ނަމަވެސް، މިއީ ފާއިތުވި 45 އަހަރުގެ ތެރޭގައި މަރުގެ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.

އެ މައްސަލަ އިތުރަށް ހޫނުވިޔަ ނުދިނުމަށްޓަކައި، ދެ ގައުމުގެ ދެ ގައުމުގެ އަސްކަރިއްޔާގެ އިސް އޮފިސަރުން އިއްޔެ ވަނީ ބައްދަލުކޮށްފަ އެވެ.

ނަމަވެސް، ބަޑީގެ ބޭނުންނުކޮށް، އެހާ ގިނަ އަދަދެއްގެ ބަޔަކު މަރުވި ސަބަބާމެދު ދަނީ ސުވާލު އުފައްދަމުންނެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ބުނީ، ޗައިނާ ސިފައިން ވަނީ، އިންޑިއާ ސިފައިން "ތަޅައި، މަރާލާފައި" ކަމަށެވެ.

އެ މައްސަލާގައި، އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ، އެ ސަރަހައްދުގެ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) އަށް އިހުތިރާމްކުރަން މިދިޔަ ހަފްތާގައި ޗައިނާ އިން އެއްބަސްވުމަށްފަހު، އެއާ ހިލާފަށް ޗައިނާ ސިފައިން އަމަލުކޮށްފައިވާ ކަމަށެވެ.

ބޯޑަރު ހުރަސްކޮށް ޗައިނާގެ ސަރަހައްދަށް އިންޑިއާ ސިފައިން ވަދެފައިވާކަމަށް ޗައިނާ އިން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ރޭގެ ހާދިސާވެސް ހިނގާފައިވަނީ، އިންޑިއާ ސިފައިން އެގޮތަށް އަމަލުކުރުމުގެ ސަބަބުން، ހިނގި ކުރިމަތިލުންތަކެއްގައި ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ދެ ގައުމުން ސުލްހަވެރި ހައްލެއް ހޯދައި، މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް އދ. އިން ވަނީ ގޮވާލައިފަ އެވެ.

ހަގީގީ މައްސަލައަކީ ކޮބާ؟

ކޯރުތަކާއި، ސްނޯކެޕުތަކުގެ ސަބަބުން، ދެ ފަރާތުން އެލްއޭސީގެ ގޮތުގައި ބަލާ ރޮނގު މޫސުންތަކާއެކު ބަދަލުވެ އެވެ. އެއާއެކު، 1962 ވަނަ އަހަރު ހަނގުރާމައެއް ވެސް ކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ދެ އަސްކަރިއްޔާ އާދެމެދު ދޭ ތެރެއަކުން ނުތަނަވަސްކަން އިތުރުވެ އެވެ.

އަސްކަރީ މާހިރުން ބުނީ، ގަލްވަން ސަރަހައްދުގައި އިންޑިއާ އިން ދާދި ފަހުން އިތުރުކޮށްފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ޗައިނާ އޮތީ ހިތްހަމަނުޖެހިފައި ކަމަށެވެ.

އެގޮތުން، ގަލްވަން ގައި މިދިޔަ އޮކްޓޯބަރު މަހު މަގުތައް ތަރައްގީކޮށް، އެ ސަރަހައްދުގައި އޮންނަ އިންޑިއާގެ އަސްކަރީ ވައިގެ ބަނދަރަކާ ވަނީ ގުޅާލައިފަ އެވެ. އެކަމުގެ ސަބަބުން، އިންޑިއާއިން ބޭނުންޖެހޭ ހާލަތެއްގައި އިތުރު ސިފައިންނާއި، ހަތިޔާރު އެ ސަރަހައްދަށް ފޮނުވުމުގެ ގާބިލުކަން އިތުރުވެފައިވާކަމަށް މާހިރުން ވަނީ ބުނެފަ އެވެ.

ޗައިނާ ފަޅިން މީހަކު މަރުވި ކަމެއް އަދި ކަށަވަރުވެފައިނުވާއިރު، މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ގަބޫލުކުރާ ގޮތުގައި، މި މައްސަލާގައި އިންޑިއާ ހިމޭނުން ނޯންނާނެ ކަމަށެވެ. އަދި މިހާރުވެސް ރައްދެއް ރާވަމުންދާނެ ކަމަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވުމަކީ އެކަމުގެ ހެއްކެއް ކަމަށް ވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

އަދި ބޮޑު ކުރިމަތިލުމަކަށްދާ ދަނޑިވަޅެއްގައި، އެމެރިކާ އާއެކު އޮތް ނުތަނަވަސްކަމުގެ ބޭނުންހިފައި، އިންޑިއާ އިން ޗައިނާ އާ ދެކޮޅަށް އެމެރިކާގެ އެހީއަށް އެދުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އަސްކަރީ މާހިރުން ވަނީ ލަފާކޮށްފަ އެވެ.