ވިޔަފާރި

އަހަރަކަށްފަހު އެމްޓީސީސީ އިން ހިއްސާގެ ފައިދާ ބަހަނީ

Jun 19, 2020

ހިއްސާގެ ފައިދާ ނުބަހާތާ، އަހަރު ދުވަހަށްފަހު އެމްޓީސީސީ އިން ހިއްސާގެ ފައިދާ ބަހަން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.

އެމްޓީސީސީ އިން ބުނީ މިދިޔަ އަހަރުގެ ފައިދާ އިން އެ ކުންފުނީގހެ ހިއްސާދާރުންނަށް ދެ ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެ ކުންފުންޏަށް ޓެކްސް ކެނޑުމަށް ފަހު މިދިޔަ އަހަރު ފައިދާގެ ގޮތުގައި 53 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެމްޓީސީސީ އިން ހިއްސާގެ ފައިދާ ބަހަން ނިންމާފައި މިވަނީ އަހަރު ދުވަހަ ށްފަހު އެވެ. އެ ކުންފުންޏަށް 2018 ވަނަ އަހަރު ފައިދާގެ ގޮތުގައި 34 މިލިއަން ރުފިޔާ ޖެހުނެވެ. ނަމަވެސް ބޯޑުން ވަނީ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތަށް ބަލައި، އެ އަހަރު ފައިދާ ނުބަހަން ނިންމާފަ އެވެ. އެ ކުންފުނިން އެންމެ ފަހުން ހިއްސާގެ ފައިދާ ބަހާފައިވަނީ 2017 ވަނަ އަހަރުއެވެ. އެ ފަހަރު ހިއްސާއަކަށް ދީފައިވަނީ 2.60ރ. އެވެ،

ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގާ އެމްޓީސީސީ އަށް ތިން ކުއާޓަރަށްފަހު ނިމިދިޔަ ކުއާޓަރުގައި ވަނީ ފައިދާ ލިބިފަ އެވެ. މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް 62.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.