ލައިފްސްޓައިލް

ލޮކްޑައުން: ޝަޒީީ ފޫހި ފިލުވީ މޭކަޕުން!

ފާތުމަތު ޝަޒީލާ (ޝަޒީ) އަކީ އާ މޫނެއް ނޫނެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ޓިކް ޓޮކް ތައާާރަފު ވެގެން އުޅުނު އިރު ޝަޒީގެ ހެއްވާ ވީޑިއޯތައް ވަރަށް ގިނައިން ފެނި ވަރަށް ގިނަ ބަޔަކަށް ހެވުނެވެ. އޭނާ ރޮމުންނާއި ހެމުން އެކި ކަހަލަ ޑްްރާމާތައް އޭރު ކުޅެ ދިނެވެ. އެއަަށް ފަހު ބައެއް އިސްތިހާރު ތަކުގައި ޓީވީން ވެސް ފެނުނެވެ.

ކޮވިޑްގެ ލޮކްޑައުންގައި ފޫހި ވެގެން ކޮންމެ މީހަކު ވެސް ކޮންމެސް ކަމެއް ކުރި އެވެ. ޝަޒީއަށް ވެސް ވީއެހެނެވެ. އެކަމަކު އޭނާ ފޫހި ފިލުވީ ޓިކްޓޮކާއެކުއެއް ނޫނެވެ. އެއަށްވުރެ ބޮޑަަށް އޭނާގެ ހިތުގައި މިހާރު އޮތީ މޭކަޕްގެ ކުލަތެކެވެ.

ލޮކްޑައުންގެ ތިން މަސްް ގޭގައި ހޭދަ ކުރަން ޖެހުމުން ޝަޒީ ވަނީ އޭނާގެ އިންސްޓަގްރާމްގަައި މުޅިިން އާ ގޮތް ގޮތަށް މޭކަޕް ލުކްތަކެއް ހިއްސާ ކޮށްފަ އެވެ. މީގެ ކުރިން ވެސް އެކި ކަހަލަ ސިމްޕަލް މޭކަޕްތަކާއެކު ފޮޓޯ ނަގައި ޕޯސްޓުކޮށް ހަދަ އެވެ. ނަމަވެސް މި ފަހުން އޭނާ ދައްކަން ފެށި މޭކަޕްގެ ލުކްތައް މުޅިން ތަފާތެވެ. މި ކަހަލަ މޭކަޕް ތަކަކީ މޭކަޕް އާޓިސްްޓުން ވެސް އެތައް ދުވަހަކުން ޕާފެކްޓް ކުރާ ލުކްސްތައް ކަމަށް ވެއެވެ. އަދި މޭކަޕް ކުރަން އެނގުނަސް ކޮންމެ ކޮންމެ މީހަކަށް ފަސޭހައިން ގެނެވޭ ލުކެއް ނޫން ކަމަށް ވެސް ވެއެވެ.

ޝަޒީ ކިޔައިދިން ގޮތުގައި، އޭނާ މަސައްކަތް ކުރާ ސެލޫނަށް ނުދެވިި ގޭގަައި ހުންނަން ޖެހުމުން އާ މޭކަޕްތަކެއް އެކްސްޕެރިމެންޓް ކޮށްލީ އެވެ. އޭގެ ތެރެއިން ގިނަަ މޭކަޕްތަަކަކީ އާޓް ސްޓައިލަށް ކޮށްފައި ހުރި މޭކަޕެވެ.

"ކިހާ ފޫހިވާނެ ވަރަށް ބިޒީކޮށް އުޅެފަ ގޭގައި އަބަދު ހުންނަން. އެހެންވެ ހިތަށް އެރީ ޓްރައިއެއް ކޮށްލާނީއޭ މިކަހަލަ މޭކަޕްތަކެއް. މީގެ ކުރިން ކުރަނީ ބޮޑަށް ސިމްޕަލް ލުކްސް އަބަދު. ބޯލްޑް ކުލަތައް ބޭނުންކޮށް މިކަހަލަ މޭކަޕް އެއް ނުކުރަން" ޝަޒީ ބުންޏެވެ.

ލޮކްޑައުންގައި އެކި ކަހަލަ ކުލަތައް ގުޅުވަައިގެން ތަފާތު މޭކަޕްތަކެއް ޝަޒީ ވަނީ ދައްކާލާފަ އެވެ. ބައެއް ފަހަރު 3ޑީ މޭކަޕް ތަކެކެވެ. އަދި ބައެއް ފަހަރު ތަފާތު އެކި ކުލަތައް އެއްކޮށްގެން ރީތި ލުކެއް ގެނެސްފަ އެވެ. އެއީ ހައްތަަހާވެސް ބޭރުގެ އެކި އާޓިިސްޓުންގެ މޭކަޕްތަކުން އިންސްޕަޔާ ވެގެން އޭނާ ކޮށްފައި ހުރި މޭކަޕް އެވެ.

"ގިނަ މޭކަޕްތައް އެއީ ހަމަ އިންސްޕަޔާޑް ލުކްސް. ޝަޒީއަށް ވަރަށް ކަމުދޭ 'ނިކީ ޓިއުޓޯރިއަލްސް' އާއި 'ޖޭމްސް ޗާލްސް' މި އާޓިސްޓުންްގެ މޭކަޕްތައް. އެމީހުންގެ ވީޑީއޯތައް ވަރަށް ގިނައިން ބެލިފައި ވެސް ހުންނާނެ"

މީގެ ތެރެއިން ވެސް، މިދިޔަ ހަފުތާގައި ޝަޒީ ހެދި ޕަޒުލްއެއް ގުޅުވައިފައި ހުރި މޭކަޕް އާއި އެވެޓާގެ ލުކް ގެނެސްފައި ހުރި މޭކަޕް ވަރަށް ވައިރަލްވެފައި ވެއެވެ.

ގިނަ ބަޔަކަށް ކަމުގޮސް މި މޭކަޕްތައް ހެދި ގޮތުގެ ވީޑިއޯ ޓިއުޓޯރިއަލްސް ދެއްކުމަށް ވެސް ޝަޒީގާތުގައި އެދެމުން އެބަދަ ދެއެވެ. އަދި އެކަން ކުރަން ވިސްނާނެ ކަމަށްވެސް ޝަޒީ ވެސް ވަނީ ބުނެފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އެއިން މޭކަޕް ލުކެއް ހަދާ ގޮތް 36،000 އަށް ވުރެ ގިނަ މީހުން ފޮލޯ ކުރާ ޝަޒީގެ އައިޖީޓީވީ އިން ފެނިދާނެ އެވެ. އެއީ ވަރަށް މި މޭކަޕްތައް ބަލާ މީހުން އުފާވާނެ ކަމަކަށް ވެސް ވާނެ އެވެ.