މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ އެކަން ޔަގީންކޮށްދީފައެވެ. ކަރެކްޝަނުން ބުނީ މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން މިއަދު އަންގާފައިވާ ކަމަށެވެ.
އަދި އެޗްޕީއޭ އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމާއިއެކު އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޓެސްޓު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކޭސްއާއި ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.
މާލެ ޖަލުގައި މަސައްކަތްކުރާ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ޖަލުތަކުގައި ކޮވިޑް ނެތްކަން ޔަގީން ކުރުމަށް އޮފިސަރުންނާއި ގައިދީންގެ ރެންޑަމް ސާމްޕަލް ތަކެއް ވަނީ ނަގާފައެވެ. އެ ހުރިހާ ސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ.