ބޭރު ކުޅިވަރު

އިންޓަމިލާން ފުރަތަމަ ފަހަރަށް ބަލިވެއްޖެ

Sep 28, 2015

އިޓާލިއަން ލީގުގެ އެންމެ ކުރީގައި އޮތް އިންޓަމިލާން ލީގުގައި ފުރަތަމަ ފަހަރަށް މިރޭ ބަލިވެއްޖެ އެވެ.

އިންޓަބަލިވީ 4- 1އިން ފިއޮރެންޓީނާ އަތުންނެވެ. މި މޮޅާއެކު ޕޮއިންޓްގެ ގޮތުން ދެ ޓީމު އެއްވަރުވެ ފައިދާ ގޯލުގެ ތަފާތުން އިންޓަ ވައްޓާލައި ފިއޮރެންޓީނާ ވަނީ ޓޭބަލުގެ ކުރިއަށް ޖެހިލައިފަ އެވެ. ދެ ޓީމަށް ވެސް ހަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

މެޗުގެ 32 ވަނަ މިނިޓްގައި މިރަންޑާ އަށް ރަތްކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު އިންޓައަށް މެޗު ފެށުމާއެކު ވެސް މައްސަލަ ދިމާވި އެވެ. ލިބުނު ޕެނަލްޓީއަކުން ފިއޮރެންޓީނާ ފުރަތަމަ ލަނޑު ޖެހީ ހަތަރުވަނަ މިނިޓްގައި ޔޯސެޕް އިލިކިކެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 18 ވަނަ މިނިޓާއި 23 ވަނަ މިނިޓްގައި ނިކޮލާ ކަލިނިކް ލަނޑު ޖަހައި 3-0އަށް ފަރަގު ބޮޑުކުރި އެވެ. އަދި ފަހު ހާފުފައި އިންޓަގެ މައުރޯ އިކާޑީ ލަނޑު ޖަހާފައިވީ ނަމަވެސް ކަލިނިކް އިތުރު ލަނޑެއް ޖަހައި ހެޓްރިކް ހަދާފަ އެވެ.

ލީގުގައި މިރޭ އޭސީމިލާން ބަލިވީ ޖެނޯއާ އަތުން 1-0 އިންނެވެ. އޭސީ މިލާން އޮތީ ހަ މެޗުން ނުވަ ޕޮއިންޓާއެކު 10 ވަނާގަ އެވެ. އަދި އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ފަސް ޕޮއިންޓާއެކު 15 ވަނާގަ އެވެ.