ހަބަރު

ކަސްޓަމްސްގެ ކޮމިޝަނަރަކަށް އަބްދުﷲ ޝަރީފް

Jun 23, 2020

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަބްދުﷲ ޝަރީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމަށް އަބްދުﷲ ޝަރީފް މި އައްޔަން ކުރެއްވީ، އެ މަގާމު ފުރުއްވަމުން އައި އަހުމަދު ނުއުމާން، މިދިއަ މާޗު މަހު އަވަހާރަވުމާ ގުޅިގެނެވެ.

ކަސްޓަމްސްއަށް ވެރިއަކު އައްޔަން ކުރައްވަންދެން، މިހާތަނަށް ހިންގެވުމާއި ހަވާލުވެ ހުންނެވީ ވެސް އޭރު ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ޝަރީފެވެ.

ޝަރީފަކީ ކަސްޓަމްސްގެ އެކި މަގާމުތަކުގައި 20 އަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.