ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިއަހަރު ރާއްޖެއަށް ހައްޖު ފުރުސަތެއް ނެތް

Jun 23, 2020
1

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެ ވޭނީ ސައުދީގައި ތިބި މީހުނަށް އެކަނި ކަމަށް އެ ގައުމުން ނިންމުމާއެކު، މި އަހަރު ރާއްޖޭން އެއްވެސް މީހަކަށް ހައްޖަށް ނުދެވޭ ނެކަމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރެނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން، މި އަހަރުގެ ހައްޖުކަން އަޅުކަން އަދާކުރެވޭނީ، ސައުދީގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންގެ އިތުރުން އެހެން ގައުމުތަކުގެ މީހުން ހިމެނޭ ގޮތަށް މަދު އަދަދަކަށް ކަމަށް ސައުދީ ސަރުކާރުން އަންގާފައިވާ ކަމަށެވެ.

ސައުދީ ސަރުކާރުން އެ ފިޔަވަޅު އަޅާފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ހައްޖުކަން އަޅުކަން އަދާ ކުރަންދާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަދި ހައްޖަށް ދިއުމުގެ ހުއްދަ ނުލިބޭނެކަން އެންގުމާ ހަމައަށްވެސް، މިއަހަރު ހައްޖަށްދާ މީހުންގެ އިންތިޒާމުތައް ހަމަޖައްސަމުން ދިއަކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

"ސައުދީ އަރައްބިޔާގެ ސަރުކާރުގެ މި ނިންމެވުމާ ގުޅިގެން 1441 ވަނަ އަހަރު ދިވެހިރާއްޖޭން ހައްޖަށް މީހުނަށް ނުދެވޭނެ ކަމުގައި ދަންނަވަމެވެ،" މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމަަށް ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގައިދުރުކަމަށް އިސްކަންދީގެންނެވެ.

ސައުދީން ވެސް ގިނަ ބަޔަކަށް ވަނީ ކޮވިޑް ޖެހިފައެވެ. މިހާތަނަށް 161،005 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. އެ ބަލީގައި 1،307 މީހުން ވަނީ މަރުވެފައެވެ.