ހަބަރު

މަޑުއްވަރީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރިޔަށް

Jun 24, 2020
ރ. މަޑުއްވަރީ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
0%
0%
0%

ރ. މަޑުއްވަރީ ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މަޑުއްވަރީ ދެކުނު ފަރާތުގައި ހަދާ ބަނދަރު ފުން ކުރުމުގެ 90 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި އަދި ބަނދަރަށް ވަންނަ ނެރުގެ ބޭރު ފަޅުގެ 95 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މި މަޝްރޫއުގައި 411 މީޓަރު ދިގު ބޭރު ތޮށްޓަކާއި 566 މީޓަރު ދިގު އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 135 މީޓަރުގެ ރިވެޓްމަންޓް ޖަހާ ބަނދަރު ސަރަހައްދުގައި ޕޭމަންޓު މަގެއް ހެދުމަަށްވެސް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން މަގުބައްތި އާއި ނެރުބައްތިވެސް މި މަޝްރޫއުގެ ދަށުން ހަރުކުރުމަށް ވަނީ ނިންމާފަ އެވެ.

ޖުމްލަ 68.66 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ މަސައްކަތް އެމްޓީސީ އާއި ހަވާލު ކޮށްފައިވަނި މިދިޔަ އަހަރު އޮގަސްޓު މަހުގެ ތެރޭގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345