ހަބަރު

ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގި މީހެއް ހޯދަން ފޮޓޯ އާއްމުކޮށްފި

ކުޑަކުއްޖަކާމެދު ބަދުއަހުލާގީީ އަމަލު ހިންގި ބަންގްލަދޭޝް މީހަކު ފިލައިގެން އުޅޭތީ އޭނާ ހޯދަން ފޮޓޯ އާއްމުކޮށްފި އެވެ.

އައްޑޫ ސިޓީ ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ހޯދަން ބޭނުންވެގެން ހޯދަން އިއުލާނުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އިދްރީސް (33އ) އެވެ. އޭނާގެ ޕާސްޕޯޓު ނަންބަރަކީ C1497280 އެވެ.

ފުލުހުން މިއަދު ބުނީ، އައްޑޫ ސިޓީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓް ރައްދުކުރެވިފައިނުވާތީ އާއި ސްޕޮންސަރަށް ވެސް ފިލައިގެން އުޅޭ މީހަށް ވާތީ އޭނާ ފުލުހަށް ހާޒިރު ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، އެ މައްސަލަ ތަހުގީގު ކުރުމަށް، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް އަންގައި ވަނީ އިއުލާނުކޮށްފަ އެވެ.

އޭނާއަކީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގާފައިވަކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.