މޯލްޑިވްސް ޕޮލިސް ސާވިސް

އުސޫލުގެ ބޭރުން ވަކިކުރާ ފުލުހުންނަށް ވަޒީފާ ދޭނަން: އިދިކޮޅު

އުސޫލުގެ ބޭރުން ވަޒީފާއިން ވަކިކުރާ ކޮންމެ ފުލުހަކަށް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ވަޒީފާ ކަށަވަރު ކޮށްދޭނެ ކަމަށް އިދިކޮޅުން ބުނެފި އެވެ.

ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އުސޫލުގެ ބޭރުން ވަޒީފާއިން ވަކިކުރާ ކޮންމެ ފުލުހަކަށް އެ ކޯލިޝަންގެ ވެރިކަމެއްގައި ވަޒީފާ ކަށަވަރު ކޮށްދޭނެ ކަމަށެވެ.

"އުސޫލުން ބޭރުން މި ސަރުކާރުން ވަޒީފާއިން ވަކިކުރާ ކޮންމެ ފުލުހަކަށް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ވަޒީފާ ކަށަވަރު ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން."

ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ފުލުހުންގެ ބިލާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުން ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ދަނީ ފާޑުކިޔަމުންނެވެ. އަދި ވަޒީފާއިން ވަކިކުރަންޖެހޭ ފުލުހުންތަކެއް އެބަތިބި ކަމަށްވެސް ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.