ހަބަރު

ލޭ ހަދިޔާ ކުރާ ޕްރޮގްރާމެއް ބާއްވައިފި

Jun 30, 2020

ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދަން "ލޭ ދީގެން މީހެއްގެ ފުރާނަ ސަލާމަތް ކުރަމާ" ގެ ނަމުގައި މައި ކޮލެޖުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވެ ލޭ ހަދިޔާ ކުރި ފަރާތްތަކަށް ލިޔުން ދީފައިވާއިރު ކުރި އަށް އޮތްތަނުގައި ވެސް ލޭ ހަދިޔާ ކުރެވޭނެ ފަރާތްތަކުގެ ނަން ނޯޓު ކޮށްފައިވެ އެވެ.

މައި ކޮލެޖުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދެ އެވެ.