ހަބަރު

ކުއްޖެއް ރޭޕްކުރި މައްސަލައެއް، އޭނާ ބަނޑުބޮޑު

Jun 30, 2020

އަންހެން ކުއްޖެއް ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. އެ ކުއްޖާ ބަނޑު ވެސް ބޮޑެވެ.

ފުލުހުން އެކަން ހިނގި ރަށެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެކަން ހިނގީ ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ކަމަށެވެ.

އެ ކުއްޖާގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އެ ރަށުގެ ސިއްހީ މަރުކަޒުންނެވެ.

މި މައްސަލަ ކުއްޖާ ރޭޕް ކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމެންޓްގެ ތަހުގީގު ޓީމަކުންނާއި ޖެންޑާ މިނިސްޓްރީއިން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާއާ ކޯޓުން ބޭރުން މީހަކު އިނދެގެން އުޅުނެވެ. ނަމަވެސް މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމުގައި ތުހުމަތު ވަނީ ހައްދުފަހަނައެޅި ބަޔަކަށް ކަމަށްވެ އެވެ.

މި މައްސަލަ ފެންމަތިވެފައިމިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައިވާ އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެކަށީގެންވާ ފިޔަވަޅު ނާޅާތީ އާންމު ރުޅިގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.