ކެފޭ ރެސްޓޯރެންޓް

ކެފޭތަކާއި ފިހާރަތައް 9 އިން 10 އަށް

Jun 30, 2020
1
މާލޭގައި ހުންނަ ޓިއުލިޕް ކެފޭ އަދި ދަ ބޭކާ: އެ ތަންތަނުގެ ހިދުމަތް މާދަމާ ފަށާނެ -- ފޮޓޯ: އަވަސް
0%
0%
0%

މާދަމާއިން ފެށިގެން ކެފޭތަކާއި ހޮޓާތަކާއި ރެސްޓޯރަންޓް އަދި ފިހާރަތައް ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ހުޅުވުމުގެ ހުއްދަ ދީފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ބޮޑެތި ލުއިތަކެއް ދޭނެ އެވެ. މިރޭ އެންއީއޯސީން ވަނީ އެ ލުއިތަކުގެ ތަފްސީލުތައް ވެސް ދީފަ އެވެ.

ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ފިހާރަތަކާއި ކެފޭތަކާއި ހޮޓާ، ރެސްޓޯރަންޓްތައް ހެނދުނުން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް ހުޅުވައި ހިދުމަތް ދެވޭނެ ކަމަށާއި ހިދުމަތް ދެވޭނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަަވަޅުތައް އަޅައިގެން ކަމަށެވެ.

އެގޮތުން ގައިދުރުކަމަށް ބެހެއްޓޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމާއި އަތްދޮވެ ސާފުތާހިރުވެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނަން ޖެހެ އެވެ. ފިހާރަތަކާއި ކެފޭތައް ރޭގަނދު 10:00 ޖަހާއިރު ބަންދުކުރި ނަމަވެސް ޑެލިވަރީގެ ހިދުމަތް ރޭގަނޑު 11:00 ޖަހަންދެން ކުރިޔަށް ގެންދެވެ އެވެ.

މާދަމާ ސުކޫލްތައް ވެސް ހުޅުވަ އެވެ. އަތޮޅުތަކުގައި ހުޅުވާނީ ގުރޭޑް އެކަކުން ފެށިގެން 12 އަށެވެ. މާލޭ ސަރަހައްދުގައި ސުކޫލްތަކުގައި ކިޔަވައިދޭނީ ނުވައަކުން 12 އަށެވެ. ސުކޫލްތައް ހުޅުވި ނަމަވެސް ޓިއުޝަން ސެންޓަރުތަކުން ހިދުމަތް ދިނުން މަނަލެވެ. އެކަމަކު ހަޔާ އެޑިއުކޭޝަންގެ ހުރިހާ މަރުކަޒުތަކެއް ވެސް މާދަމާ ހުުޅުވާލާނެ އެވެ.

ބޯކޮށާ ތަންތަނާއި ސެލޫންތައް ހުޅުވުމުގެ ހުއްދަ ވެސް މިހާރު ވަނީ ދީފަ އެވެ. ކަމަށެވެ. ނަމަވެސް އެ ތަންތަނަށް އެއް ފަހަރާ ވަދެވޭނެ މީހުންގެ އަދަދު ބޭރުން ފެންނަން ހުންނަ އިރު ބޭނުންކުރާ ތަކެތީގެ ސާފުތާހިރުކަން ކަށަވަރުކުރަން ޖެހެ އެވެ.

ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފައިވާއިރު އަދި ހުރިހާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ދަތުރުތައް ވެސް މާދަމާ ފަށާނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މައީން

ހެނދުނުގެވަގުތަކީ، ފަތިސްނަމާދަށްފަހު ވަރަށްގިނަމީހުން ރައްޓެހިންނާއި ރަޙުމަތްތެރިންނާއިއެކު ހެދިކާއަކާއިއެކު ސައިތައްޓެއް ނޫނީ ކޮފީތައްޓެއްބޮއިލަން، ނޫނީ ހެނދުނުގެ ނާސްތާކޮށްލަން ގިނަބަޔަކު ތަންތަނަށް ވަންނަ އެއްގަޑިކަމުގައިވާނެއެވެ. މީގެތެރޭގައި އެގަޑީގައި ގޭގޭތެރެއިން އެކަންކުރުމުގައި ދަތިތަކެއްހުންނަ ދުވަސްވީމީހުން ވަރަށް ގިނަވާނެއެވެ. އުފެދޭސުވާލަކީ، ހެނދުނު 6ން ފެށިގެން 9އާއިދެމެދު ހުއްދަނުދެވޭންވީ ކޮންފަދަ ސަބަބަކާއިހުރެބާވައެވެ؟ އެގަޑިއަކީ، ޤުދުރަތީގޮތުގެމަތީން މަދިރި އޭގެ ބަނޑުފުރާނަ މުއްތިކުރަން އެކިގަޑިގަޑިއަށް ނުކުންނަގޮތަށް މިވައިރަސް އެވަގުތަށް ނުކުންނަލެއް ގިނައީބާވައެވެ؟ ޤަވާޢިދާއި އުޞޫލުތައް ކަނޑައަޅަނީ ސަބަބަކާއިހުރެތާއެވެ. މިކަމުގައިމިވަނީ ކިހިނެތްބާވައެވެ؟ ވަރަށް ޙައިރާންކުރަނިވި ކަމެކެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345