ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސިޓީ

ހުއްދަ ނުހޯދާ މާލެއަށް އެރޭނެ ގޮތް ހަދައިފި

މާދަމާއިން ފެށިގެން ހުއްދަ ނުހޯދާ މާލެއަށް އެރޭނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކުރި ނަމަވެސް މާދަމާއިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސިޓީ ލޮކްޑައުން ކުރި ފަހުން ހުއްދަ ނުހޯދާ މާލެ އެރުން ވަނީ މަނާކޮށްފައެވެ.

ނަމަވެސް އެޗްޕީއޭއިން މިރޭ ބުނީ މާދަމާއިން ފެށިގެން ހުއްދަ ނުހޯދާ މާލެއަށް އެރޭނެ ކަމަށެވެ. ނަމަވެސް މާލެ ސިޓީން ފޭބޭނީ ކަމާބެހޭ އިދާރާތަކުން ހުއްދަ ހޯދައިގެންނެވެ.

"ރާއްޖޭގެ އެހެން ރަށަކުން މާލެއަށް ދަތުރުކުރާ މީހެއްނަމަ މާދަމާއިން ފެށިގެން އެއްވެސް ޕާމިޓެއްނެތި އާދެވޭނެ ކަމަށް މިވަނީ ކަނޑައަޅާފައި. އަދި މާލެއިން އެހެން ރަށަކަށް ދަތުރުކުރާނަމަ އެކަން ކުރެވޭނީ 'ހާލު ބެލުން' އެޕްލިކޭޝަން މެދުވެރިކޮށް ހުއްދަ ހޯދައިގެން،"

ލޮކްޑައުން ލުއިކުރިނަމަވެސް އަދިވެސް މާލެ ސިޓީން ކޮވިޑްގެ ބަލި މީހުން ދަނީ ފެންނަމުންނެވެ. މާލެ ސިޓީން އެހެން ރަށްރަށައް ދަތުރުކުރުން މަނާކޮށްފައިވަނީ އެހެން ވެގެންނެވެ. ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ސިއްހީ ކުއްލި ހާލަތު އިތުރުކޮށްފައިވަނީ ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށެވެ.