ރާއްޖޭގެ އެންމެ ދުވަސްވީ ކުލަ ފިހާރަ ކަމަށްވާ ކަލަ ބޭންކް އިން އޮންލައިންކޮށް ކުލަ ވިއްކަން ފަށައިފި އެވެ.
ކަލަ ބޭންކް އިން ބުނީ ކޮވިޑް19އާ ގުޅިގެން ކުރި ލޮކްޑައުންގައި އެންމެ ބޮޑަށް ބަދަލުވެގެންދިޔަ އެއް ކަމަކީ ވިޔަފާރި ކުރުމުގެ ސަގާފަށް ކަމަށެވެ. އޮންލައިންކޮށް މުދަލަށް އޯޑަރު ދިނުމުން ގެއާ ހަމައަށް ޑެލިވަރީ ކޮށްދޭ ނިޒާމަކަށް ވިޔަފާރިކުރުން ވަނީ ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން ކަލަ ބޭންކްގެ ވެބްސައިޓް އަށްވެސް ވަނީ ބޮޑެތި ބަދަލު ތަކެއްގެނެސް މުޅީން ތަފާތު ވެބްސައިޓެށް ކަސްޓަމަރުންނަށް ތައާރަފުކޮށްފައިވާ ކަމަށެވެ.
ކަލަ ބޭންކްގެ ވެބްސައިޓް ތައާރަފް ކުރުމުން ރާއްޖޭގައި އަލަށް އޮންލައިންކޮށް ކުލަ ގަތުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވެ އެވެ. ކަލަ ބޭންކްގެ ވެބްސައިޓް އިން ގޭގައި ލާނެ ކުލައިގެ އިތުރަށް ކާރު، ސައިކަލު އަދި މި ނޫނަސް އެހެނިހެން އޮޓޮމޯޓިވްގައި ލާނެ ކުލަ އާއި އޮޑި ދޯނި ފަހަރުގައި ލާނެ ކުލަ އަދި ޕޮރެޓެކްޓިވް ކޯޓިންގްސް ވެސް ގޭގައި ތިއްބަވައިގެން އޯޑަރު ކޮށްލެވޭނެ ކަމަށެވެ.
ކަލަ ބޭންކް އިން ވިއްކާ ކުލައިގެ ތެރޭގައި ވުޑްކެއާ ނުވަތަ ލަކުޑީގަ ލާ ތަފާތު ކުލައިގެ ވަރުނީސް އަދި ޕްރޮޓެކްޓިވް ކޯޓިންގްސް ހިމެނެ އެވެ. މީގެ އިތުރުން ކުލަލާން ބޭނުން ކުރާ ފިހި އަދި ރޯލާ ފަދަ ތަކެތި ފްލޯ ޕެއިންޓް އެކި ކަހަލަ ސްޕްރޭ ޕެއިންޓް، އަދި ކޮޓަރީގެ ފާރު ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ވޯލްޕޭޕަ ވެސް ވެބްސައިޓުން ލިބެ އެވެ.
ކަލަ ބޭންކް އިން ބުނީ މާލެ އަދި ހުޅުމާލެއަށް ޑެލިވަރީ ފަށާފައިވާއިރު އަތޮޅު ތެރޭން ވެސް ވެބްސައިޓް މެދުވެރި ކޮށް އޯޑަރު ކުރުމުން ދޯންޔާއި ހަމައަށް ގެންގޮސް ދޭނެ ކަމަށެވެ.
ކަލަ ބޭންކްއަކީ ކޯ-ލޯޑް ކުންފުނިން 1994 ވަނަ އަހަރު ފެށި ވިޔަފާރި އެކެވެ. ކަލަ ބޭންކް އިން އެއްގަމު އުޅަނދުތަކުގައި ލުމަށް ހާއްސަ އެކްޒޮނޯބެލްގެ ސިކެންސް އާއި މަތިންދާ ބޯޓްތަކަށް އެކްޒޮނޯބެލްގެ އެއިރޯސްޕޭސް ކޯޓިން އަދި ކަނޑު އުޅަނދު ތަކަށް ޖޯޓުން މެރީން އަދި ގޭތެރެއަށާއި އިމާރާތް ތަކުގައި ލުމަށް ހާއްސަ ޖޯޓުން ޑެކެރޭޓިވް ޕެއިންޓްސް އަދި ކްރައުން ޕެއިންޓްސް ވެސް ލިބެން ހުރެ އެވެ.