ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެއާޕޯޓަށް މީހުން ފުރުވަން އެކަކު ދިއުމަށް އެދެފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މީހުން ފުރުވުމަށް ދާއިރު އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދެފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ވަަނީ ބަންދުކޮށްފަ އެވެ. އެހެންނަމަވެސް، މި ފަހުން ދިިން ލޮކްޑައުންގެ ލުއިތަކާއެކު މި މަހު އެއްވަނަ ދުވަހު ވަނީ އެތެރޭގެ އުދުހުންތައް އަލުން ފަށާފަ އެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ އެއާޕޯޓަށް ފަސިންޖަރުން ފުރުވުމަށާއި ލަފާތަނަށްވެސް އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ. ޕެންްޑެމިކްގެ ނުރައްކާ އަދިވެސް އެބަ އޮޮތްް ކަމަށާއި ކޮންމެހެން އަންނަން ޖެހޭ ހާލަތްތައް ނޫނީ އެއާޕޯޓުު ފަަދަ ތަންތަނަނަށް ނުދިއުމަށް އެދޭ ކަމަށެވެ. އަދި މިއީ ހުރިހާ އެންމެންގެ ރައްކަލަކަށް ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމާފަައިވަނީ މިމަހުގެ 15 އިން ފެށިގެންނެވެ.

އެއާޕޯޓު އަލުން ހުޅުވާލާއިިރު ވަނީ ޓާމިނަލްތަކުގައި ގައިދުރުކުރުމުގެ ނިޝާންތައް ޖަހައި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފަ އެވެ. ގަވައިދުން ޑިސްއިންފެކްްޓު ކުރުމުގެ އިތުރުން އެ ކުންފުނިން ވަނީ ފަސިންޖަރުން ފުރުމަށް ހަތަރު ގަޑިއިރު ކުރިން އައުމަށްވެސް އެދިފަ އެވެ.