ހަބަރު

ކުޑަކުއްޖެއް ރޭޕް ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

Jul 3, 2020

17 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކުރި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އަަންހެން ކުއްޖެއް ރޭޕް ކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ހިނގި މި ހާދިސާގައި ރޭޕް ކޮށްފަައިވަނީ 17 އަހަރުގެ ކުއްޖެކެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު އެ ކުއްޖާ ބަނޑުވެސް ބޮޑެވެ. އެ ކުއްޖާގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އެ ރަށުގެ ސިއްހީ މަރުކަޒުންނެވެ.

މި މައްސަލަ ކުއްޖާ ރޭޕް ކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމެންޓްގެ ތަހުގީގު ޓީމަކުންނާއި ޖެންޑާ މިނިސްޓްރީއިން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާއާ ކޯޓުން ބޭރުން މީހަކު އިނދެގެން އުޅުނެވެ. ނަމަވެސް މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމުގައި ތުހުމަތު ވަނީ ހައްދުފަހަނައެޅި ބަޔަކަށް ކަމަށްވެ އެވެ.

މި މައްސަލަ މިދިޔަ ހަފްތާގައި ފެންމަތިވީ ހުޅުމާލޭ ފަޅުގައި އަޅާފައިވާ އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެކަށީގެންވާ ފިޔަވަޅު ނާޅާތީ އާންމު ރުޅިގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.