ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ތިން ނަރުހުންނާއި ބަލި ދެ މީހުން ޕޮޒިޓިވްވެއްޖެ

ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ތިން ނަރުހުން އަދި އެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދިޔަ ބަލި ދެ މީހަކަށް ކޮވިޑް ޖެހިއްޖެ އެވެ.

ހެލްތް މިނިސްޓްރީން ވަނީ މިކަން ޔަގީން ކޮށްދީފައެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ޕޮޒިޓިވްވެފައިވަނީ އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ދެ މުވައްޒިފުން ކަމަށެވެ.

އަދި އެ ހޮސްޕިޓަލްގައި އެހެން ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ ދެ މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.

ކޮވިޑް ޖެހިގެން އިންޑޮނޭޝިއާ މީހެއް ރޭ ވަނީ މަރުވެފައެވެ. ނަމަވެސް އޭނާ މަރުވެފައިވަނީ ކެންސަރު ބަލީގައި ކަމަށާ ކޮވިޑް ޖެހިފައިވާކަން އެނގިފައިވަނީ އޭނާ މަރުވިފަހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އޭނާއަކީ ކޮވިޑްގައި ރާއްޖެއިން މަރުވި 11 މީހާ ކަމަށް ބުނިނަމަވެސް ފަހުން އެޗްޕީއޭއިން ވަނީ އޭނާގެ މަރަކީ ކޮވިޑްގެ މަރެއް ނޫން ކަމަށް ކަނޑައަޅާފައެވެ.

މިއަދު ޕޮޒިޓިވްވި ފަސް މީހުންނަކީވެސް އިންޑޮނޭޝިޔާ މީހާގެ ކޮންޓެކްޓުންނެވެ.