ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފެނަކައިންވެސް 40 ޕަސެންޓުުގެ ޑިސްކައުންޓެއް

އަތޮޅު ތެރޭގެ ގިނަ ރަށްތަކަށް ކަރަަންޓު ފޯރުކޮށްދޭ، ފެނަކަ ކޯޕަރޭޝަނުން މިދިޔަ މަހުގެ ބިލަށް ޑިސްކައުންްޓު ދޭން ނިންމައިފި އެވެ.

ފެނަކައިން މިއަދު ކުރި ޓްވީޓެއް ބުނީ އެ ކޯޕަރޭޝަނުން ހިދުމަތްދޭ ކަސްޓަމަރުންނަށް ވެސް މިދިޔަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ ކަރަންޓު ބިލް އާދަަޔާ ހިލާފަށް ބޮޑުވުމުގެ ސަބަބުން އާއްމު ފަަރާތްތަކުން ދިޔައީ ސޯޝަލް މީޑިއާގައި ސްޓެލްކޯ އަށް ފާޑުކިޔަމުުންނެވެ. އަދި، އަަތޮޅުތެރޭގެ ބިލްތައްވެސް ކުޑަކުރުމަށް އެދި ގޮވި އެވެ. އެކަންކަމާ ގުޅިގެން މިދިޔަ ހަފްތާގައި ސްޓެލްކޯ އިން ވަނީ ބިލްތަކުން 40 ޕަސެންޓު ލުއި ކޮށްފަ އެވެ.

އަދި ބިލްތައް ކުޑަވި ސަބަބު ބަޔާންކޮށް، ނުދެއްކި ހުރި ބިލްތައް އެކި މަސްތަކަށް ބަހާލައިގެން ފަސޭހައިން ދެއްކުމުގެ އިންތިޒާމެއް ވެސް ވަނީ ސްޓެލްކޯ އިން ހަމަޖައްސާފަ އެވެ.