ޑރ. މުހައްމަދު ޖަމީލް އަހުމަދު

މި ހިނގަނީ ގައުމު ދެކޭނެ އެންމެ ވީރާނާ ފަސް އަަހަރު: ޖަމީލް

ރާއްޖެ މިހާރު ދެކެމުންދަނީ ގައުމު ދެކޭނެ އެންމެ ވީރާނާ ފަސް އަހަރު ކަމަށް ކުރީގެ ނައިބު ރައީސް އަދި މި ސަރުކާރު ގެނައުމަށް ގަދައަޅައި މަސައްކަތް ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އަވަސްގެ ހެނދުނުގެ ޝޯ "ފަށަމާ" ޖަމީލު ވަނީ ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

މިވަގުތު ރާއްޖޭގައި ދެ ވެރިކަމެއް ހިނގަމުންދާ ކަމަށާ އެއީ މަޖިލިސް ތެރިން ރައީސް މުހައްމަދު ނަޝީދު ކުރައްވާ ވެރިކަމަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ވެރިކަން ކަމެއް ކަމަށް ސިފަ ކުރައްވާ ޖަމީލު ފާޑު ވިދާޅުވީ އެފަދަ ބަޔަކަށް ގައުމާއި ރައްޔިތުންގެ ފައިދާއަށް ކުރެވެ ކަމެއް އޮތްތޯ ސުވާލު އުފެދޭ ކަމަށެވެ.

އަދި ވިދާޅުވީ މި ފަސް އަހަރު ވެގެންދާނީ ރާއްޖޭގެ ތާރީހު ވެސް ދެކޭނެ އެންމެ ވީރާނާ ފަސް އަހަރަށް ކަމަށެވެ.

"މި ފަސް އަހަރާ ގުޅޭގޮތުން އެއްޗެއް ދަންނަވާނަމަ... އޭގެ ކުރިން ރައީސް ސޯލިހްގެ މި ވެރިކަން އަދި ރައީސް ނަޝީދު މަޖިލީސް ތެރެއިން މި ކުރައްވާ ވެރިކަން... ދެ ވެރިކަމެއް އެބަ ހިނގާ، ރައީސް ނަޝީދު ފަހަތުގައި ރައީސް އިބޫ ހިޔަންޏެއްހެން ކުރައްވާ ކުރައްވާ ވެރިކަމެއް. މި ފަސް އަހަރު ވެގެންދާނީ އެންމެ ވީރާނާ ފަސް އަހަރަށް،" ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހު ދެކޭނެ އިލްމީ ގޮތުން އެންމެ ފޭރާން ދެރަ ވަޒީރުންގެ މަޖިލީހަކީ ވެސް މިހާރު އޮތް ވަޒީރުންގެ މަޖިލީސް ކަމަށެވެ. އަދި ވެރިކަން ހިންގުމުގައި އިސްކޮށް ތިއްބެވި ދެ ބޭފުޅުންނަކީ ވެސް އެފަދަ ތަޖުރިބާއެއް ނެތް އަދި ތަޖުރިބާކާރުންގެ ލަަފަޔާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ނުވުން އެއީ ގައުމަށް އޮތް ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

އޭގެ ބަދަލުގައި ކަރަޕްޝަނާއި ފަސާދައިގެ ތެރެއިން އެތައް ކަމެއް ހިނގައިދާ މަންޒަރު ފެންނަމުންދާތީ މި ވެރިކަމާ ދޭތެރޭ ރައްޔިތަކު ކުރަން ޖެހޭ އެއްވެސް އުންމީދެއް ނެތް ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ވެރިކަން ކުރަން އެނގޭނެ ޕާޓީއެއް ނޫން. އެ މީހުން މޮޅުވާނީ މަގުމައްޗަށް. އަޅުގަނޑަށް މި ފަސް އަހަރު ސިފަ ކުރެވޭނީ ދުވަސްކޮޅަކުން އެމީހުން އަމިއްލައަށް އިހުތިޖާޖު ވެސް ކުރާނެ. މާނަވީ ގޮތުން ތަރައްގީގެ އެއްވެސް ކަމެއް ނުހިނގާ މި ސަރުކާރު ނިމިގެން ދާނީ. ކުރު ގޮތަކަށް ދަންނަވާނަމަ މިފަހުގެ ތާރީހެއްގައި ފެނުނު އެންމެ އިލްމީ ފޭރާންދަށް ވަޒީރުންގެ މަޖިލީސް މިހާރު މި އޮތީ. އެ އެއްޗެއްގެ ހުރި އެއްޗެއް އެ އެއްޗަކުން އަންނާނީ. އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ތާރީހުގައި ނުފެންނަ ވަރުގެ ވީރާނާ ފަސް އަހަރަށް. ފެންނާނީ ބިޔަ ބޮޑެތި ކޮރަޕްޝަން،" ޖަމީލް ވިދާޅުވި އެވެ.

މިފަހުގެ ތާރީހެއްގައި ފެނުނު އެންމެ އިލްމީ ގޮތުން ފޭރާން ދެރަ ވަޒީރުންގެ މަޖިލީސް މިހާރު މި އޮތީ. އެ އެއްޗެއްގެ ހުރި އެއްޗެއް އެ އެއްޗަކުން އަންނާނީ. އަނެއްކާ އެންމެ އިސްކޮށް ތިއްބެވި ދެ ބޭފުޅުންނަކީ ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ދެ ބޭފުޅުން. ނަތީޖާއަކަށްވާނީ ތާރީހުގައި ނުފެންނަ ވަރުގެ ވީރާނާ ފަސް އަހަރަށްވުން.
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް

އެމްޑީޕީއަށް ބަހުގެ ހަމަލާ

ޖަމީލް ވިދާޅުވީ އެމްޑީޕީގައި ވަކި ބަޔަކު މިއަދު ބާރު ގަދަ ކޮށްފައިވީ ނަމަވެސް އެ ޕާޓީ ވަރުގަދަ ކޮށް ރައްޔިތުންގެ ތާއީދު ހޯދަން ކުރިން ދެއްކި ވާހަކައަކީ އާއިލީ ވެރިކަމާ އެ ޕާޓީން ދެކޮޅު ކަމުގެ ވާހަކަ ކަމަށެވެ.

ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހަށް ބަލާލި ނަމަވެސް ސަރުކާރުގެ ތެރެއަށް ބަލާލި ނަމަވެސް ފެނިގެންދަނީ ވަކި އާއިލާތަކަކަށް ނޫނީ އެއްވެސް އެއްޗެއް ނެތް މަންޒަރު ކަމަށާއި މިއަދު އެމްޑީޕީއަކީ އާއިލީ ޕާޓީއަށްވެ ނިމިފައިވާ ކަމަށެވެ. އަދި އެއީ މިހާރު ވަކި ބައެއްގެ މުދާގަނޑަކަށް ހަދާފައިވާ ކަމަށެވެ.

"މިއަދު އެމްޑީޕީއަށް ހައްގެއް ނެތް 'ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ' ކިޔާކަށް. އެއީ ވަކިވަކި ފަރުދުންނަށް އޮތް ޕާޓީއެއް. މުޅިން އާއިލީ ޕާޓީއަކަށްވެ ނިމިއްޖެ. ޕާޓީން ވެރިކަމަށް އައިސް ލިބުނު ފުރުސަތުތަކުގައި މުޅިން ވެސް މި ގެންނަނީ އާއިލީ ބޭފުޅުން،"

ޖަމީލް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައުމަށާއި ޕާޓީގެ މެންބަރުން އިތުރުކޮށް ތާއީދު ހޯދުމަށް ދެއްކި ހުރިހާ ވާހަކަތަކަކާ އެމްޑީޕީން ހިލާފުވެފައިވާ ކަމަށެވެ. އެޕާޓީގެ ތެރެއިން މަންފާއެއް ނުވަތަ މަގާމެއް ވަކި ބަޔަކަށް ނޫނީ ނުލިބޭ ކަމަށެވެ.

މިސާލު ދައްކަވާ ޖަމީލް ވިދާޅުވީ އެމްޑީޕީއަށް އެންމެ ބޮޑު ގުރުބާނީއެއްވީ އައްޑު އަތޮޅުގެ ރައްޔިތުން ކަމަށާއި ނަމަވެސް ބާރުހުރި އެއްވެސް މަގާމަކަށް އައްޑޫ ބޭފުޅަކު ވަޑައިގަތުމަށް ނަޝީދު އިސްވެ ދެކޮޅު ހަދަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބާރެއް ނެތްއިރު ރިޔާސީ ކެންޑިޑޭޓަކަށް ނެރެން ވެސް އެންމެ ރަނގަޅީ އައްޑޫ ބޭފުޅުން ކަމަށް ވިދާޅުވާ ކަމަށާ ނަމަވެސް ބާރު ލިބުމުން އެކަންކަން ކުރަން ދެކޮޅު ހަދާ މަންޒަރު ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ.

"ހަގީގަތަކީ އެމްޑީޕީގެ ރައްޔިތުންނަށްޓަކައި ވަރަށް ބޮޑު ގުރުބާނީއެއްވި ބައެއް އައްޑޫ ރައްޔިތުންނަކީ. އައްޑޫއަށް އެމްޑީޕީ ދިޔައިއްޔާ ވަރަށް ބޮޑު ތަރުހީބެއް ދޭ. އެ ތަރުހީބަކީ އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ ނަޝީދަށް އޮތް ތާއީދެއް ކަމަކަށް. އެއީ އައްޑު އަތޮޅުގެ ބޮޑެތި ބޭފުޅުން މަޖިލީހުގައި މި ތިއްބެވީ. އައްޑޫ ޝަރީފު ނުވަތަ އަސްލަމް މެންފަދަ ބޭފުޅުން އެއީ އައްޑޫގެ ބޮޑެތި އާއިލާތައް. އެ ބޭފުޅުންނަށް އޮންނަ ތާއީދެއް އެއީ،"