ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު 77 އަހަރުގެ މީހަކު މަރުވެއްޖެ

Jul 5, 2020

ރާއްޖޭގައި ކޮވިޑް-19 ބަލީގައި 77 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭ މަރުވި އެ އަންހެން މީހާއަކީ މީގެ ދެ ދުވަސް ކުރިން ކޮވިޑް ބަލީގައި މަރުވި 92 އަހަރުގެ މީހާގެ އަނބިމީހާ އެވެ. މިއީ ބަލީގައި ރާއްޖެއިން މަރުވި 11 ވަނަ މީހާ އެވެ. އަދި މި މީހާ މަރުވުމުން ކޮވިޑްގައި ރާއްޖެއިން މަރުވި ދެމަފިރިންގެ އަދަދު ދެއަކަށް ބަދަލުވީ އެވެ.

ކުރިން އަވަހާރަވީ މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ) ގެ ދެކަނބަލުންނެވެ. އެ ދެ ބޭފުޅުން އަވަހާރަވީ ވަރަށް ކައިރި ކައިރީގަ އެވެ.

ރާއްޖެއިން މިހާތަނަށް 11 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ދުވަސްވީ މީހުންނެވެ. ދެން މި ބަލީގައި ރާއްޖެއިން މަރުވީ ބަންގްލަދޭޝް މީހުންނެވެ. އޭގެ ތެރޭގައި ދެބައި އުމުރުގެ މީހުން ވެސް ހިމެނެ އެވެ.

ކޮވިޑް-19 ބަލި މާލޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްލޯކުރެވިފަ އެވެ. ކޭސްތައް ފެންނަ މިންވަރު މަދުވެފައިވާއިރު މިހާރު ސަރުކާރުން ވަނީ މާލޭގެ ލޮކްޑައުންއަށް ވެސް ބޮޑު ލުއިތަކެއްދީފަ އެވެ.