ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެކޮންމިކް ރިލީފް ޕެކެޖް

އިންކަމް ސަޕޯޓް: 2,507 މީހަކަށް 10.1 މިލިއަން ރުފިޔާ

Jul 5, 2020
1

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ 2,507 މީހަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 10.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން "އިންކަމް ސްޕޯޓް" ގެ ގޮތުގައި މިހާތަނަށް 2,507 މީހަކަށް 10.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ކޮވިޑާ ގުޅިގެން ވަޒީފާއަށް އަސަރު ކުރި މީހުންނަށް 5،000ރ. ގެ އިނާޔަތެއް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

މި އެހީ ދެނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގެ ތެރެއިންނެވެ. ސަރުކާރުން ދޭ އިންކަމް ސަޕޯޓަށް އެހީވާން ވޯލްޑް ބޭންކުން ދާދި ފަހުން ވަނީ 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 197 މިލިއަން ރުފިޔާ) ދޭން ނިންމާފަ އެވެ.

ވޯލްޑް ބޭންކުގެ މި އެހީތެރިކަން ލިބުމުން، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލި ނުވަތަ އަސަރު ކޮށްފައިވާ ގާތްގަނޑަކަށް 13،000 މީހުންނަށް 5،000ރ. ގެ މަގުން އެލަވަންސް ދިނުމުގެ ގާބިލުކަން ސަރުކާރަށް ލިބޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ގެއްލުންލުން ވުމާއެކު ގިނަ އަދަދައްގެ ބައެއްގެ ވަޒީފާ އަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ބޮޑަށް އެ އަސަރުކޮށްފައި ވަނީ އެންމެ ގިނަ ބަޔަކު މަސައްކަތް ކުރާ ޓޫރިޒަމް ސިނާއަތުގަ އެވެ. އެ ސިނާއަތުން 11،000 އަށްވުރެ ގިނަ މީހުން "ނޯޕޭ ލީވް" ގައި ގެއަށް ފޮނުވާލާފައި ވެއެވެ.